ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާ މެދު ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
04 ޖެނުއަރީ 2022
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާ މެދު ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިސްމަސް ތަހުނިޔާ ނަޝީދު ފޮނުއްވާފައިވާތީ ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފަތުރަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހުންނަށް ދާދިފަހުން މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާ މެދުވެރި ކުރައްވައި، ނަޝީދު ނެރުއްވި ބަޔާނެއްގައި ވަނީ އެމަނިކުފާނަކީި އިސްލާމްދީނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާ އަދި ދީނީ ހަރުކަށި މީހުން ހިތްރުހޭ ރާގަށް އެމަނިކުފާނާ މެދު އެފަދަ ތުހުމަތުތައް ކުރަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ބޭނުމަކީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރުން ކަމަށާއި އެހެންވެ، އެކަންކަން ބަލައި، ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އޭގެ ހަމައެކަނި މަގްސަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުމެވެ. ލާދީނީ މީހެއް ކަމަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އުއްމީދުގައި ހުރީމެވެ." އެ ބަޔާނުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވިއިރު، އެމަނިކުފާނަށް އެފަދަ ތުހުމަތުތައް ކުރަނީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރަން ކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ވަނީ ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައިފަ އެވެ. އެ ހަމަލާ އިން ލިބުނު ޒަހަމްތަކަށް އެ މަނިކުފާން ވަނީ ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދަވައިފަ އެވެ.
"ނަޝީދުގެ މައްސަލާގައި އިސްލާމްދީނާ ޚިލާފްކަމެއް ނެތް"
ސިހުރުގެ ލިޔުންތަކެއް ގެންގުޅުމުން ތިންއަހަރަށް ގޭބަންދު
ޒިނޭ އަށް ހިތްވަރެއް ނުދެން: ނަޝީދު
ޒިނޭ އަށް ނަޝީދު ހިތްވަރުދިން ކަމަށް ބުނެ ފާޑުކިޔަނީ
ހިންދޫ ދީން ފެތުރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް
ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ކުރުސީ ހޯދަނީ
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
ގަޒްފުކުރި މީހަކު ހައްދު ޖަހަންކުރި ހުކުމް ރަނގަޅު
ދީނަށް ފުރައްސާރަކުރި މީހާ ޖަލަށްލިޔަސް، މިނިވަންވެއްޖެ
ޝައިހް ނިޝާން ވެސް ބަންދުން ދޫކޮށްލައިފި