Roadha Mihaaru
ޝައިހް ނިޝާން ވެސް ބަންދުން ދޫކޮށްލައިފި

ޝައިހް ނިޝާން ވެސް ބަންދުން ދޫކޮށްލައިފި

07 އޯގަސްޓް 2022

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ޝައިހް އާދަމް ނިޝާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ޝައިހް އާދަމް ނިޝާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް ނިޝާން ބަންދުގައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭނާގެ އިތުރުން އެހެން ބަޔަކު ވެސް އެ މައްސަލައިގައި ހައްޔަރުކުރި އެވެ.

ކްރިމިނަލް ކޯޓުން ޝައިހް ނިޝާން މިއަދު ބަންދުން ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުންނެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.

ޝައިހް ނިޝާންގެ އިތުރުން ޝައިހް ފަޒްލޫން މުހައްމަދު ވެސް ޔޯގާއާ ދެކޮޅު ހަރަކާތުގެ މައްސަލައިގައި ކުރިން ހައްޔަރުކުރި އެވެ. އޭނާ ކުރިން ވަނީ ދޫކޮށްލައިފަ އެވެ. އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެ މައްސަލައިގައި ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.