04 އޯގަސްޓް 2022
ޔޯގާއާ ދެކޮޅަށް ހިންގި ހަަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބަންދުން ކުރަން ނެރުނު އަމުރުތައް ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
ޔޯގާއާ ދެކޮޅަށް ހިންގި ހަަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބަންދުން ކުރަން ނެރުނު އަމުރުތައް ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
މިދިޔަ މަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އެކިފަހަރު ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް އިތުރުކުރީ 16 ދުވަހެވެ.
އެ މައްސަލަ ނިޝާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނިޝާނާ ދެކޮޅަށް ހުރި ހެކިތަކަށް ބަލާއިރު ކޮންމެވެސް ވަރެއްގެ ހެކި އެބަހުރި ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުގެ ބޭރުގައި އޭނާ ހަރަކާތްތެރިވެފައި ވުމާއި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުވާ އެހެން މީހުންނާ އޭނާ މުއާމަލާތްކުރާ މަންޒަރު ފެންނަ ސްނެޕް ޝޮޓްތަކެއް ހުށަހަޅާފައިވާއިރު، އިންޓެލިޖެންސް ރިޕޯޓުން ވެސް އިތުރު ކަންތައްތަކެއް ފާހަގަ ކޮށްފައިވާ އެ ހުކުމުގައިވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އޮންނަ ގޮތުން އެ ގާނޫނުގެ ދަށުން ތުހުމަތު ކުރެވޭ ކުށްތަކުގައި އެ މިންވަރަށް ހެކި ލިބިފައިވާ ނަމަ، ބަންދުގައި ބެހެއްޓިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ނިޝާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ތާއީދުކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.
އެ މައްސަލައާ ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދު ވެސް ކުރިން ހައްޔަރުކުރި އެވެ. އޭނާ ޝަރުތުތަކާ އެކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި ދައުލަތުން މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ފަޒްލޫން ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓް
ނިޝާން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް
ނިޝާން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
ޝައިހް ފަޒްލޫން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި
ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލީ ރަނގަޅަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ޒަރީރަށް ދިން ހަމަލާ: މީހުން ދޫކޮށްލީ ގާނޫނާ ހިލާފަށް
ގައްބަރޭއާ ދެކޮޅަށް ޒަރީރު ދިން ބަޔާން ބަދަލުކޮށްފި
ނުކުރެވޭ ކަންކަން ހޯދައިގެން މީހުން ދޫކުރާތީ ނުރުހުން