08 އޯގަސްޓް 2022
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދު ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދު ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝައިހް ފަޒްލޫންގެ ބަންދު މުއްދަތު އެކިފަހަރު މަތިން ކްރިމިނަލް ކޯޓުން އިތުރުކުރި އެވެ. އޭނާ ދޫކޮށްލީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
ފަޒްލޫން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު ތިން އަމުރެއް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފަޒްލޫނާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން ވީޑިއޯ ސްނެޕްޝޮޓްތަކާއި ފުލުހުންގެ ބަޔާން ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފަޒްލޫނާ ދެކޮޅަށް ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގެން އޮންނަ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ފަޒްލޫންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރިއިރު ބަންދުކުރި މައްސަލަ ބަޔާން ކުރުމުގައި ތަފާތުތަކެއް ހުއްޓަސް، އެއީ އާ ތުހުމަތުތަކެއް އުފަންކުރުން ކަމަށް ނުބެލެވެ އެވެ. އަދި ފަޒްލޫންގެ ފަރާތުން ފާހަގަކުރި ކަންކަމަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުއައިބެވެ.
ފަޒްލޫން ބަންދުގައި ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ވެސް އޮތީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ އަދި ހައި ކޯޓުން ނުނިންމަ އެވެ.
ފަޒްލޫންގެ އިތުރުން ޝައިހް އާދަމް ނިޝާނާއި އިތުރު ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ،
ފަޒްލޫން ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓް
ނިޝާން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް
ނިޝާން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
ޝޭހް ނިޝާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި
ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލީ ރަނގަޅަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ޒަރީރަށް ދިން ހަމަލާ: މީހުން ދޫކޮށްލީ ގާނޫނާ ހިލާފަށް
ގައްބަރޭއާ ދެކޮޅަށް ޒަރީރު ދިން ބަޔާން ބަދަލުކޮށްފި
ނުކުރެވޭ ކަންކަން ހޯދައިގެން މީހުން ދޫކުރާތީ ނުރުހުން