20 ޖުލައި 2022
ގަލޮޅު ދަނޑުގައި ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އިބްރާހިމް ރައްޒާން (ޓަކޭ) ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އިބްރާހިމް ރައްޒާން (ޓަކޭ) ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މަހު ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޒާން ހައްޔަރު ކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށް ދިނެވެ. އެކަމަކު ދެވަނަ ފަހަރު ކޯޓުން ނިންމީ ޝަރުތުތަކާ އެކު އޭނާ ބަންދުން ދޫކޮށްލުމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ރައްޒާން ފުރަތަމަ ބަންދުކުރަން އަމުރުކުރީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވާއިރު، ދެވަނަ ފަހަރު އޭނާ ބަންދުކުރަން އެދުނީ ވެސް އެ ރިޕޯޓަށް ބިނާކޮށް ކަމަށެވެ.
ހުކުމުގައިވަނީ މިހާތަނަށް ހުރި ހެކިތަކަށް ބަލާއިރު އެ ހަމަނުޖެހުމުގައި ރައްޒާން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަން އެނގެން ނެތުމުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ، ޝަރުތުތަކާ އެކު، އޭނާ ދޫކޮށްލަން ނިންމުމުގައި ގޯހެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު ހުޒައިފާ މުހައްމަދާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރެވެން ނެތް ކަމަށެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.
ޔޯގާއާ ދެކޮޅު ހަމަނުޖެހުމާ ގުޅިގެން ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝޭހް ފަޒްލޫން މުހައްމަދާއި ޝޭހް އާދަމް ނިޝާނާއި އިތުރު ގިނަ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ފަޒްލޫން ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓް
ނިޝާން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް
ނިޝާން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
ޝައިހް ފަޒްލޫން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ޝޭހް ނިޝާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ޒަރީރަށް ދިން ހަމަލާ: މީހުން ދޫކޮށްލީ ގާނޫނާ ހިލާފަށް
ގައްބަރޭއާ ދެކޮޅަށް ޒަރީރު ދިން ބަޔާން ބަދަލުކޮށްފި
ނުކުރެވޭ ކަންކަން ހޯދައިގެން މީހުން ދޫކުރާތީ ނުރުހުން