18 ޖެނުއަރީ 2019
ޒިނޭ އަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދައްކަވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ވާހަކަފުޅު ބަޔަކަށް އޮޅިފައިވާ ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޒިނޭ އަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދައްކަވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ވާހަކަފުޅު ބަޔަކަށް އޮޅިފައިވާ ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު 2:30 ން ފެށިގެން ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިން އިފްތިތާހު ކުރަން ބޭއްވި އެއްވުމެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ކައިވެނީގެ ބޭރުން ގުޅުން ހިންގައިގެން ދަރިން ލިބުމުގެ މައްސަލަ އަށް އޮތް ހައްލަކީ، ކައިވެނި ނުކުރާ އަންހެނުންނަށް ނުވިހާ އޮޕަރޭޝަން ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ނުވިހާ އޮޕަރޭޝަން ކުރެވެން އޮންނަނީ ވެސް މީހަކާ ކައިވެނި ކުރުމުން އެކަނި ކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ. ނަޝީދުގެ އެ ވާހަކަފުޅުތަކަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބައެއް މަޝްހޫރު ދީނީ އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Ziney ah hivvaru dhinumakee alhugandu ehgothakahves baaru alhaa kameh noon. Kaivenin beyrun dharin libi, ekudhinnah libey nikamethi kamai, baarugadha masthuvathakethi beynun kuruma oiy gulhumai gulhey gothun alhugandu dhekki vaahaka olhivadai gannava nama ekamah ma-af ah edhen
— Mohamed Nasheed (@MohamedNasheed) January 18, 2019
ނަޝީދު މިއަދު ކުރެއްވި ޓުވީޓު.
އެ މައްސަލައިގައި، އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް، އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒިނޭ އަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށް ވެސް ބާރު އަޅުއްވާ ކަމެއް ނޫން ކަމަށެވެ.
"ކައިވެނިން ބޭރުން ދަރި ލިބި، އެ ކުދިންނަށް ލިބޭ ނިކަމެތިކަމާއި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމާ އޮތް ގުޅުމާ ގުޅޭ ގޮތުން ދެއްކި ވާހަކަ އޮޅިވަޑައިގަންނަވާ ނަމަ، މައާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކުގެ މައްސަލަ ހޫނުވެ، ދީނީ އިލްމުވެރިންގެ އިތުރުން އާންމުންގެ ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފަ އެވެ.ަދ
ޒިނޭ އަށް ނަޝީދު ހިތްވަރުދިން ކަމަށް ބުނެ ފާޑުކިޔަނީ
ނަޝީދާ ބެހޭ ގޮތުން ދޮގުވާހަކަ ދެއްކި މީހަކަށް ދައުވާ
ޑރ. ބިލާލް ގެނައުން މަޑު ޖައްސާލުމުން ފާޑުކިޔަނީ
ބިލާލް ގެނައުން، ފިއްތުންތަކާ ގުޅިގެން މަޑުޖައްސާލައިފި
ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ނަޝީދު ވެސް
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!
"ނަޝީދުގެ މައްސަލާގައި އިސްލާމްދީނާ ޚިލާފްކަމެއް ނެތް"
ލާދީނީ ކަމަށް ބުނާ މައްސަލަ ބަލަން އެދެން: ނަޝީދު
ކާފަރަށް ގޮވުން ހުއްޓުވާ އިސްލާހަށް ހޫނު ބަހުސެއް!
ދޮގު ވާހަކަ ދެއްކި މައްސަލަ ނުބަލަން އެދެން: ނަޝީދު