ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެވަޑައިގެން، ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ދައްކާފައިވާ ވާހަކައިގެ މައްސަލަ ބަލައި ދައުވާ ކުރަން ހުށަހަޅުއްވާފައިވީ ނަމަވެސް މިހާރު އެ މައްސަލަ ކުރިއަށް ގެންދަން އެދިވަޑައިނުގަންނަވާ ކަމަށް އެމަނިކުރާނު މިއަދު ވިދާޅުވެއްޖެ އެވެ.
15 ޖޫން 2020
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެވަޑައިގެން، ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ދައްކާފައިވާ ވާހަކައިގެ މައްސަލަ ބަލައި ދައުވާ ކުރަން ހުށަހަޅުއްވާފައިވީ ނަމަވެސް މިހާރު އެ މައްސަލަ ކުރިއަށް ގެންދަން އެދިވަޑައިނުގަންނަވާ ކަމަށް އެމަނިކުރާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިދިޔަ މެއި މަހުގެ 17 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވީ، މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރ. އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ.
އެހެންވެ، އޭނާގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް އެދިވަޑައިގެން، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުއްވުމަށް ނަޝީދު ނިންމަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ކުރިން ބުނެފައި ވެ އެވެ. އެ އިންޓަވިއު އަކީ ހަގީގަތުގައި ޔޫޓިއުބްގައި މީހަކު އާއްމުކޮށްފައިވާ ވީޑިއޯ އެކެވެ.
އެ މައްސަލައިގައި ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ހިއްސާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވާ އިރު، އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން އެ ވީޑިއޯގެ މައްސަލަ ބެލޭނެ ކަމަށް ދެކަމަށް ދެކެވަޑައިގަންވަންތޯ މަޖިލީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެެރިއަކު ސުވާލުކުރި އެވެ.
އެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އިމްރާން ހުންނަވައިގެން ފުރިހަމަ ތަހުގީގެއް ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. އިމްރާންގެ މިނިސްޓަރުކަމުގެ އަހުލާގާއި ގާބިލުކަމާ މެދު އެއްވެސް އިރަކު އޮމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ދެން އެވީޑިއޯ ތަހުގީގު ހަގީގަތުގައި ނުކުރުމަށް އަޅުގަނޑު އެދެނީ. ދެން އަޅުގަނޑަށް މައްސަލައެއް ނެތޭ މީހަކު އަޅުގަނޑާ ދިމާލަށް އެއްޗެއް އެހެން ބުނެލިއެއްކަމަކު. އެއީ އަޅުގަނޑު ކަންބޮޑުވާކަމެއް ނޫން. އަދި އަޅުގަނޑުމެން މި މާލޭ މަގުމަތީގައި އަދި ރާއްޖޭގެ [އެހެން ރަށްރަށުގެ] މަގުތަމަތީގައި ހިނގާބިނގާވެ މިއުޅެނީ އަބަދުމެ. ގޮވާ އެއްޗެއްސެއް މަދެއް ނޫނެއް ނޫންތޯ؟ އެކަމައިގެން ދެން އަޅުގަނޑު ދެފައި އެއްތާ ނުޖެހިގެނެއް ނޫޅެން،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު މަޖިލީހުން ކުރިން ނެރުނު ބަޔާނުގައި އޮތް ގޮތުން ވީޑިއޯގައި ވާހަކަ ދައްކާ މީހާއާ ދެކޮޅަށް ދައުވާކޮށްދޭން އެދިވަޑައިގެންނެވީ އެމަނިކުފާނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއީ މީގެ ހަތް އަހަރު ކުރިން، 2013 ގައި އާންމުވި ވީޑިއޯ އެކެވެ. އޭރު ނަޝީދާ އިދިކޮޅު، އެކަމަކު މިހާރު ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް އިސް ބޭފުޅުން މި ވީޑިއޯ އަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ކަން ފަހުން ހާމަވެފައިވާ ޓުވިޓާ ޕޯސްޓުތަކުން އެނގެ އެވެ.
ޗެއާޕާސަންގެ ވާހަކަ އަދާލަތުން އެހުން ބުއްދިވެރި:ނަޝީދު
ހަސަންގެ ވިސްނުމަށް ނަޝީދު ވެސް ތާއީދު!
ނަޝީދާ ގުޅޭގޮތުން ދޮގުވާހަކަ ދެއްކި މައްސަލަ ބަލަނީ
ނަޝީދާ ބެހޭ ގޮތުން ދޮގުވާހަކަ ދެއްކި މީހަކަށް ދައުވާ
ޝިދާތާގެ ރުޅި އެމްޑީޕީއަށް: ވޯޓަށް އަދާލަތު މުހިއްމުވޭ
ހަމަނުޖެހުންތައް ބަލަން ނިންމުމުން މިނިސްޓަރު ގޯސްވެއްޖެ
މަޖިލީހުގެ ހަމަނުޖެހުންތައް ބަލާނަން: މިނިސްޓަރު
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"
އެމްޑީއެންގެ ތަހުގީގު ލަސް ކަމަކަށް ނުދެކެން: އިމްރާން
ނަޝީދުގެ ނުރުހުން އިމްރާނަށް!