ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
05 ޖޫން 2020
ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއެޅޭ ގޮތަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވެމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާގެ ނަން އިއްވައިފަ އެވެ. އެއާއެކު އެމްޑީޕީގެ މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން ކުރި މަސައްކަތުގެ ތެރޭގައި ހަމަނުޖެހުން އުފެދި ޝިޔާމަށް އަނިޔާވި އެވެ.
އެ އަނިޔާގައި އޭނާގެ މޭ ކަށިގަނޑާއި މައިބަދައިގައި ރެނދުލާފައިވާ ކަމަށާއި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ވަނީ ބުނެފަ އެވެ.
Shiyam maibadhaigai vanee rendhu laafai: PPM
The most trusted news source in the Maldives
Mihaaru
ޝިޔާމްގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެނދު ލައިފައިވާ ކަމަށް ޕީޕީއެމްއިން ބުނުން
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މި ސަރުކާރުން އެންމެ މުހިންމު ކަމެއް ދީފައިވާ އެއް ކަމަކީ ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާއެކު ހިންގުން ކަމަށެވެ. މިނިވަން މުއައްސަސާތައް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.
"އެގޮތުން ފުލުހުން ކަމަށް ވިޔަސް ސިފައިން ކަމުގައި ވިޔަސް އެ މުއައްސަސާތަކުގެ ތެރޭގައި ހިނގަމުންދާ ކަންކަމުގެ ތެރެއަށް އަޅުގަނޑުމެން ވަންނަން ނުޖެހޭ ގޮތަކަށް ގާނޫނީ ބޭރުން ނުވަނުން އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ސަމާލުވެ ތިބި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ހުށަހަޅާފައިވާތީ، އޮންނަ އުސޫލުން ފުލުހުން އެކަން ތަހުގީގު ކުރާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެކަންކަމުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުއެޅުން އެއީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް. އެހެން ކަމުން އިންސާފުވެރިގޮތުގައި އެ މައްސަލަތައް ބަލައި ތަހުގީގު ކުރެވި އޭގައި ލިބިދޭން ޖެހޭ ހައްގު ކޮންމެ ފަރާތަކަށްވެސް އެންމެ ހައްގު ގޮތުގައި ލިބިދިނުމަށް މަސައްކަތް ކުރުން އަޅުގަނޑުގެ ހިތުން މިއީ އަޅުގަނޑުމެން މިކުރާ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެ މައްސަލަތައް އިންސާފުވެރި ގޮތެއްގައި ބެލި ހުރިހާ ފަރާތްތަކަށް އިންސާފު ލިބުމަށް ފުލުހުންގެ ފަރާތުން ކޮށްދޭން ޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާނަން."
ސަރުކާރު ކޯލިޝަންގެވެސް މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޝިޔާމާ ދެމެދު ހިނގި އެ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ މެމްބަރުންނަށްވެސް އަނިޔާވެފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޝިޔާމަށް އަނިޔާވެރިވީ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވި އޯޑަރުގެ ސަބަބުން ކަމަށް ބުނެ އިއްޔެ ވަނީ ނައިފަރުގައި މުޒާހަރާވެސް ކޮށްފަ އެވެ. އެ މުޒާހަރާގައި ޝިޔާމަށް އިންސާފު ހޯދައި ދިނުމަށް ގޮވާލި އެވެ.
Majilis hamanujehun: Goass hehdhevee riyaasathun?
The most trusted news source in the Maldives
Mihaaru
ޝިޔާމް ނެރުމުގައި ރިޔާސަތުން އަމަލު ކުރިގޮތަށް ފާޑުކިޔުން
ޝިޔާމަށް އަނިޔާވީ ރޭ ދަންވަރު 1:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އަޑުގަދަ ކުރަން ފެއްޓުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނެރުމުގެ ތެރޭގަ އެވެ. އޭނާ އަޑުގަދަ ކުރައްވަން ފެއްޓެވީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލުގެ މަސައްކަތް ލަސްވީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ އެއްބާރުލުން ނުލިބުމުން ކަމަށާއި އެ ދެ ޕާޓީން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮޮށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް، ރައީސް މުހައްދަމު ނަޝީދު ވާހަކަފުޅު ދައްކަވަނިކޮށެވެ. ޝިޔާމްގެ ނަން އިއްވުމުން ވެސް އޭނާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިނުގަތުމުން ނަޝީދު ހެއްދެވި ގޮތަކީ ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ އެވެ. އެއާއެކު، މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޝިޔާމް ވަށައިލައި އޭނާ މަޖިލީހުން ނެރުމަށް މަސައްކަތް ފެއްޓެވި އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މެމްބަރެއްގެ ނަން ރިޔާސަތުން އިއްވައިފި ނަމަ އެ މެމްބަރަކު މަޖިލީހުން ނެރުމުގައި އިސްކޮށް ހުންނަވާނީ ސާޖަންޓް އެޓް އާމްސް އެވެ. އެކަމަކު، ރޭގެ ޖަލްސާގައި ފެނުނީ ޝިޔާމް ގަދަކަމުން މަޖިލީހުން ނެރުމަށް އެމްޑީޕީގެ މެމްބަރުން އުޅުއްވި ތަނެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމް މަޖިލީހުގެ ތެރެއަށް ވެއްޓިވަޑައިގެންފައި ވަނިކޮށް، ވީޑިއޯއިން ފެނެ އެވެ. އޭނާގެ ގަމީސް ވެސް ވީދުނެވެ.
މަޖިލީހުގެ ޖަލްސާގައި ނަން އިއްވާ މެމްބަރުން ނުކުތުމަށް ދެކޮޅު ހަދާނަމަ މީގެ ކުރިން އެ މެމްބަރުން ތަޅުމުން ނެރެމުން އައީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށެވެ. ނަމަވެސް އެ ރޭ ޝިޔާމް މަޖިލީހުން ނެރުމަށް މަޖިލީހުގެ ރައީސް ނަޝީދު މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންނަށް އެންގެވުމުން އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި އަމަލުކޮށްފައިވާ ގޮތަށް ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުންވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ތަޅުމުގައިވެސް އެފަދަ ގޮތަކަށް ހަމަނުޖެހުން ހިންގުމުން އެކަމުގައި ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
ހަސަންގެ ވިސްނުމަށް ނަޝީދު ވެސް ތާއީދު!
ޝިޔާމް ތަޅުމުން ނެރުނީ ގަވާއިދާ ޚިލާފަށް: ރިޔާޒް
މަޖިލިސް ހަމަނުޖެހުން: ގޯސް ހެއްދެވީ ރިޔާސަތުން؟
ޕީޕީއެމް/ޕީއެންސީން މަޖިލިސް ބޮއިކޮޓް ދޫކޮށްލައިފި
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
މެމްބަރު ޝިޔާމްގެ މައްސަލަ އައިޕީޔޫއިން ބަލަނީ
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް
ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅުން ޖަލްސާ ބޮއިކޮޓް!
އިތުރު ފަރުވާއަށް ޝިޔާމް ބޭރަށް ވަޑައިގަންނަވަނީ