ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
02 ޖޫން 2020

ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ރޭ މެންދަމު 1:30 ގައި ބޭއްވި ޖަލްސާ ހޫނުވެ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވުމަށް ފަހު، އެމްޑީޕީގެ މެމްބަރުން ގަދަކަމުން ވަނީ ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރެފަ އެވެ.
މަޖިލީހުގެ ތަޅުމުން ޝިޔާމް ގަދަކަމުން ނެރުމުގެ ތެރޭގައި އޭނާގެ މޭކަށިގަނޑަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނެވެ. އެހެންވެ، ހަތަރު ހަފުތާ އަށް އަރާމުކުރުމަށް ޑޮކްޓަރު އަންގާފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލްސާއެއްގައި މަޖިލީހުގެ ރައީސްގެ އަމުރަށް މެމްބަރަކު ނުކިޔަމަންތެރިވެއްޖެ ނަމަ، އަމަލު ކުރަންޖެހޭ ގޮތް މަޖިިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެކަމަކު ރޭ ކަން ހިނގާފައިވަނީ އެ ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީން ބާރު ލިބިގެން ހަދާފައިވާ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މެމްބަރަކު މަޖިލީހުގެ ނިޒާމާ ޚިލާފުވާ ނަމަ، އޭނާގެ ނަން އިއްވައި، ތަޅުމުން ބޭރަށް ދާން އަންގަން ޖެހެނީ އޭނާ އަށް ނަސޭހަތްތެރިވެ އަދި އިންޒާރު ދިނުމަށް ފަހު އެވެ. ނަން އިއްވުމުން ވެސް ތަޅުމުން ނުކުތުމަށް އެ މެމްބަރު އިންކާރު ކުރައްވައިފި ނަމަ، އެ މެމްބަރު ޖަލްސާގައި ވަޑައިގެން ނެތް ކަމަށް ބަލައިގެން ޖަލްސާ ކުރިއަށް ގެންދިއުން ނުވަތަ ޖަލްސާ ކުރިއަށް ނުގެންދެވޭ ހާލަތަށް ގޮސްފި ނަމަ، ޖަލްސާ އެހެން ވަގުތަކަށް ފަސްކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮންނާނެ ކަމަށް ގަވާއިދުގައިވެ އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލްސާއެއްގައި މަޖިލީހުގެ ރައީސްގެ އަމުރަށް މެމްބަރަކު ނުކިޔަމަންތެރިވެއްޖެ ނަމަ، އަމަލު ކުރަންޖެހޭ ގޮތް މަޖިިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެކަމަކު ރޭ ކަން ހިނގާފައިވަނީ އެ ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ބޭރަށް ނުކުމެވަޑައިގަތުމަށް ނަޝީދު އެންގެވީ ޝިޔާމް އަޑުގަދަ ކުރައްވަން ފެށްޓެވުމުން ނަސޭހަތްތެރިވުމެއް ނެތި އެވެ. ޖުމުލަ 65 މެމްބަރުންނާ އެކު، މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޝިޔާމް ވަށާލައި، އޭނާ ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓި ވަޑައިގެން އޮތް މަންޒަރު ވެސް ފެނިފަ އެވެ. ރިޔާސަތުން ނަން އިއްވާ މެމްބަރުން މަޖިލީހުން ނުކުމެވަޑައިނުގެންފި ނަމަ އެކަން އިސްވެ ކުރައްވަނީ ސާޖަންޓް އެޓް އާމްސް ކަމަށް ވިޔަސް، އެމްޑީޕީގެ މެމްބަރުން ޝިޔާމް ގަދަކަމުން ނެރުމަށް ކުރި މަސައްކަތް ނަޝީދު ހުއްޓުވައެއް ނުލެއްވި އެވެ. އޭގެ ބަދަލުގައި މެމްބަރުންގެ އަމަލުތަކަށް އެ މަނިކުފާނު ތާއީދު ކުރައްވާ މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ޝިޔާމާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވެސް އަނިޔާވި އެވެ.
ރިޔާޒްގެ އިތުރުން މަޖިލީހުގެ މިނިވަން އެހެން ބައެއް މެމްބަރުން ވެސް ވަނީ ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ނެރުނީ ގަވާއިދާ ޚިލާފަށް ކަމަށް ވިދާޅުވެފަ އެވެ. މެމްބަރަކު ނެރުމުގައި އެހެން މެމްބަރުން ބައިވެރިވާން ފުރުސަތު ދިނުމުން ހަމަނުޖެހުމަށް މަގުފަހިިވީ ކަމަށް ވެސް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
މަޖިލީހުގެ ހަމަނުޖެހުންތައް ބަލާނަން: މިނިސްޓަރު
މަޖިލިސް ހަމަނުޖެހުން: ގޯސް ހެއްދެވީ ރިޔާސަތުން؟
މެމްބަރު ޝިޔާމްގެ މައްސަލަ އައިޕީޔޫއިން ބަލަނީ
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް
ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅުން ޖަލްސާ ބޮއިކޮޓް!
އިތުރު ފަރުވާއަށް ޝިޔާމް ބޭރަށް ވަޑައިގަންނަވަނީ
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
"ނުފޫޒު ފޯރުވި" އޯޑިއޯ ނަޝީދު ދިފާއު ކުރައްވައިފި