18 ފެބުރުއަރީ 2020
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާ ރާއްޖެ ގެނައުމާ ދެކޮޅަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ބައެއް އިސްވެރިން ތެދުވެވަޑައިގަތުމުން، ބިލާލްގެ އިވެންޓު މިވަގުތަށް މަޑުޖައްސައިލަން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ދެންމެ ނިންމަވައިފި އެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާ ރާއްޖެ ގެނައުމާ ދެކޮޅަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ބައެއް އިސްވެރިން ތެދުވެވަޑައިގަތުމުން، ބިލާލްގެ އިވެންޓު މިވަގުތަށް މަޑުޖައްސައިލަން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ދެންމެ ނިންމަވައިފި އެވެ.
މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާ ބިލާލް، ދިވެހި ޒުވާނުންނަށް ދީނީ ދަރުސް ދެއްވުމަށް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެކަން، މަހްލޫފް ޓުވިޓާގައި މިއަދު މެންދުރެއްހާއިރު އިއުލާން ކުރެއްވުމާ އެކު، ނަޝީދާއި އެމްޑީޕީގެ ބައެއް އިސްވެރިން ގެންދެވީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އަދި ބިލާލް ގެނައުން ހުއްޓާލުމަށް ދިޔައީ ގޮވައިލަމުންނެވެ.
މި ފިއްތުންތަކާ އެކު، މަހްލޫފް މީގެ ބައިގަޑިއެއްހާއިރު ކުރިން، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުފައްދަމުންދާ ސުވާލުތަކާއި ކަންބޮޑުވުންތަކާ ހެދި، ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުގެ ލަފާ ހޯއްދެވުމަށްޓަކައި ބިލާލްގެ އިވެންޓު މަޑުޖައްސާލާފައިވާ ކަމަށެވެ. އިތުރު ވާހަކައެއް އެ ޓުވީޓުގައި އޭނާ ވިދާޅެއް ނުވެ އެވެ.
Ufahdhamundhaa suvaaluthakaa adhi kanboduvunthakaai gulhigen kamaagulhey ithuru baeh idhaaraathakuge lafaa hoadhumah Sheikh Dr. Bilal Philips ge event madujassaalaafaivaa vaahaka mauloomaathahtakai hissaakuran.
— Ahmed Mahloof (@AhmedMahloof) February 18, 2020
ޑރ. ބިލާލްގެ އިވެންޓު މަޑުޖައްސައިލިކަން އިއުލާން ކުރެއްވުމަށް މަހްލޫފް ކުރެއްވި ޓުވީޓް
ޔޫތު މިނިސްޓްރީގެ ދައުވަތަކަށް، ކެނެޑާ އަށް އުފަން ބިލާލް ރާއްޖެ ވަޑައިގަންނަވަން ނިންމާފައި އޮތީ އަންނަ މަހުގެ 12-18 އަށެވެ. އެމްޑީޕީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަގާމު ފުރުއްވާ މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި، ބިލާލް ރާއްޖެ ގެންނަނީ ޒުވާނުންނަށް ހާއްސަ ކޮށްގެން، ތަހައްމަލު ކުރުމާއި އަމާންކަމާއި ރައްކާތެރިކަން ޕްރޮމޯޓު ކުރުމަށެވެ.
ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި، ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައެއް ނުގަންނަ ކަމަށެވެ. އެހެންވެ، އެ ބޭފުޅާ ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވަނީ ބިލާލަކީ ހަރުކަށި ފިކުރުގެ އިލްމުވެރިއެއް ކަމަށް ވިދާޅުވެ، އޭނާ ގެނައުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
ބިލާލަކީ، ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބުނެ، ބައެއް ގައުމުތަކަށް އޭނާ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ އިސްލާމް ނޫން ގައުމުތައް ކަމަށް ވިޔަސް އިސްލާމީ ބައެއް ގައުމުތައް ވެއް ހިމެނެ އެވެ.
ޑރ. ބިލާލް ގެނައުން މަޑު ޖައްސާލުމުން ފާޑުކިޔަނީ
ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ނަޝީދު ވެސް
ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅު ހަދަނީ
ނަޝީދާ ބެހޭ ގޮތުން ދޮގުވާހަކަ ދެއްކި މީހަކަށް ދައުވާ
ޒިނޭ އަށް ހިތްވަރެއް ނުދެން: ނަޝީދު
ޒިނޭ އަށް ނަޝީދު ހިތްވަރުދިން ކަމަށް ބުނެ ފާޑުކިޔަނީ
ޔޯގާ ހަރާމް ކަމަށް ބުނެ ޝޭހުންތަކެއް ފަތުވާ ނެރެފި
"ޔޯގާ ހަރާން ކަމަށް ސާފުކޮށް ބުނެފިނަމަ ނުކުރާނަން"
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
ދޮގު ވާހަކަ ދެއްކި މައްސަލަ ނުބަލަން އެދެން: ނަޝީދު