ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ މެދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
13 އޮކްޓޯބަރ 2020
ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ މެދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އެ ކޮމިޝަނުން އުޅެނީ ވަރަށް ކުދިކުދި މައްސަލަތައް ނުބެލިގެން ކަމަށެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގުތައް އޭސީސީ އަށް ނުހިންގިިގެން އުޅެނީ ގާނޫނުތައް ނެތިގެނެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑެތި މައްސަލަތައް ބަހައްޓާފައި މީސްމީހުންގެ ނަން ކިލަނބު ކުރަން އޭސީސީން ތަހުގީގުތައް ހިންގާ ކަމަށެވެ.
"ގަސްދުގައި ކަމެއް، އިހުމާލުން ކަމެއް އަޅުގަނޑަކަށް ނޭނގޭ އެވާ ގޮތެއް. އެހެން ނަމަވެސް އެ މައްސަލަތައް [ކޮރަޕްޝަނުގެ ބޮޑެތި މަައްސަލަތައް] ބަލަން ހަމަ އެއްގޮތަކަށް ވެސް ކުޅެދިގެން ވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ،" އިންތި ވިދާޅުވި އެވެ.
މީހުންގެ ނަން ކިލަނބުކުރަން މައްސަލަ ބަލާ ގޮތުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ފޮނުވި މައްސަލަ އެވެ.
އިންތި ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އިސް ސަފުގައި ވެސް މަސައްކަތް ކުރައްވާ މާލޭގެ މޭޔަރު ޝިފާގެ މައްސަލަ އޭސީސީން ރަނގަޅަކަށް ނުބަލަ އެވެ.
އޭނާ ވިދާޅުވީ، ކުޑަަކުޑަ ތަހުގީގެއް ހިންގައިލިޔަސް ސާބިތުވާ ވަރުގެ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެފަދަ މަައްސަލަތައް އޭސީސީން ނުބަލާ ކަމަށެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަން ނާގާބިލު، ނާގާބިލު،" އިންތި ވިދާޅުވި އެވެ.
އޭނާގެ ވާހަކައަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް ބޮޑު ތަހުގީގެއް ހިންގައި 444ރ. ދައްކަން އޭސީސީން އެންގި ކަމަށާއި އެކަމަކު އެމްއެމްޕީއާރުސީގެ މައްސަލަ ނުބެލޭ ކަަމަށެވެ. އޭނާ ވިދާޅުވީ އެމްއެެމްޕީއާރުސީގެ މައްސަލަ އަކީ އެކަމުގައި ބައިވެރިވި ބައެއް މީހުންގެ އިއުތިރާފުން ވެސް ސާފުކޮށް އެގެން އޮތް ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ވާހަކަ ދައްކަަން މިހާރު ކުޑަަކޮށް ލަދުގަންނަ ކަމަށެވެ. ނުހައްގުން މުއްސަނދިކަން ހޯދި މީހުންނަށް އަދަބު ދިނުމުގެ ވާހަކަ 19 ވަނަ މަޖިލީހުގައި މީގެ ކުރިން ވެސް ދެ ފަހަރަކު ދައްކަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން [ބަލަން] ވައުދުވީ ހުރިހާ ކަމެއް ވައްކަމެއް ވިޔަސް، އަނިޔާއެެއް ވިޔަސް މީހުން މެރުން ވިޔަސް މިހުރިހާ ކަމެއް ފުނިޖެހެމުން ފުނިޖެހެމުން އައިސް މުޅި ދައުލަތް މުޅި މި ނިޒާމު ބޮޑު ޖޯކަކަށްވާ ހިސާބަށް މިއޮއް ދަނީ-- ވަހީދު
"މި ވާހަކަ ދައްކަން ލަދުގަނެއޭ މި ދަންނަވަން ޖެހޭ ސަބަބަކީ އަޅުގަނޑުމެންނަށް އަދި އެކަން ނުވެގެން އުޅޭތީ. ވެރިކަން ލިބިއްޖެ، ރައްޔިތުންގެ މަޖިލިސް ލިިބިއްޖެ، މިނިވަން މުއައްސަސާތައް އިސްލާހުކުރަން އަޅުގަނޑުމެންނަށް ލިބިއްޖެ. އެކަމަކު ވެސް އަޅުގަނޑުމެންނަށް ހަމަ ހިލާ މި ކަމެއް ނުވި،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ބޮޑު ވައްކަމެއް ކޮށްފި ނަމަ އެ މައްސަލަ ބަލަން އޭސީސީއަކަށް ނޭނގެ އެވެ. އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ބަދަލުކޮށް، މިލިއަނުން ކޮށްލާ ވައްކަންތައް ބަލަން އެ ކޮމިޝަނަށް ނޭނގޭ ކަމަށް އީވާ ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ. އޭނާ ވިދާޅުވީ އޭސީސީއަށް ބެލެނީ ކުދި މައްސަލަތައް ކަމަށް.
"އެއްފަހަރު ޕޮލިސް އޭ ބުނާނެ އަނެއް ފަހަރު ޕްރޮސެކިއުޓާ ޖެނެރަލް އޭ ބުނާނެ އަނެއް ފަހަރު ގާނޫނޭ ބުނާނެ. އެކަމަކު ހުރިހާ ވަސީލަތެއް އޮންނާނެ އެންޓިކޮރަޕްޝަން އަތުގައި ވެސް،" އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާާޅުވީ އިންސާފު ގާއިމު ކުރުމަކީ ސަރުކާރުގެ ވެސް އެންމެ ބޮޑު ވައުދު ކަމަށާއި އެ ވައުދު ފުއްދުމުގެ މަސައްކަތް ކުރާ މައިގަނޑު އެޖެންސީއަކީ އޭސީސީ ކަމަށެވެ. އެމްޑީޕީން ވައުދުވީ ހުރިހާ ކަމެއް ފުނިޖެހެމުން ގޮސް ދައުލަތް މިހާރު ބޮޑު ޖޯކަކަށް ވާ ހިސާބަށް އެބަދާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން [ބަލަން] ވައުދުވީ ހުރިހާ ކަމެއް ވައްކަމެއް ވިޔަސް، އަނިޔާއެެއް ވިޔަސް މީހުން މެރުން ވިޔަސް މި ހުރިހާ ކަމެއް ފުނިޖެހެމުން ފުނިޖެހެމުން އައިސް މުޅި ދައުލަތް މުޅި މި ނިޒާމު ބޮޑު ޖޯކަކަށްވާ ހިސާބަށް މި އޮތް ދަނީ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައްސަލަތައް ނުބެލިގެން އުޅެނީ ކޮރަޕްޝަން މާނަކުރަން ނޭނގިގެނެއް ނޫނެވެ. ނެތިގެން އުޅެނީ އިޅުލާސްތެރިކަން ކަމަށް ވަހީދު ވިދާޅުވި އެވެ.
އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންނަކީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނުފަހުން މިދިޔަ އަހަރު އައްޔަންކޮށްފައިވާ މެމްބަރުންނެވެ. އޭސީސީ އާވީފަހުން ވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތުގެ މައްސަލަތައް ނުބެލޭތީ އެމްޑީޕީގެ މެމްބަރުން ވަނީ މީގެ ކުރިން ވެސް އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެބޭފުުން ވަކިކުރަން ވެސް ގޮޮވައިލައްވައިފަ އެވެ.
ފައިސާ ހޯދަން ބޭރުކުންފުނިން މަސައްކަތްކޮށްދިން: ނަޝީދު
ހިޔާނާތް ބަލަން މަޖިލިހުގެ ބާރު ބޭނުންކުރާ ތަން ނުފެނޭ
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
އަދީބުގެ މެސެޖުތައް އާންމު ކުރާނަން: ނަޝީދު
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ: ނަޝީދު
ސަރުކާރުގެ ބަޔާނަށް އީވާ ފާޑުވިދާޅުވެއްޖެ
އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅަނީ