އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލޭނެ ކަމަށާއި އެ މައްސަލަ ބެލުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
26 އެޕްރީލް 2021
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލޭނެ ކަމަށާއި އެ މައްސަލަ ބެލުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، އިބްރާހީމް ޝަރީފު، އޭނާއަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުތައް ކުރައްވާ ކަމަށް ވިދާޅުވެ، އެކަމުގައި ނަޝީދަށް ރައްދު ދެއްވުމުން، އުފެދުނު ދެބަސްވުމެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަަތުގައި އިންނަވާ ކަމަށް ވަންޏާ އެމްއެމްޕީއާރުސީ މައްސަލަ ނުބަލައި ދޫކޮށްލިޔަ ނުދެއްވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ހަޒާނާއިން އެތައް އެތައް މިލިޔަން ރުފިޔާއެއް، 70 މިލިޔަން ޑޮލަރު ނާޖާއިޒް ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށާއި އަދި އެހެން ވެސް މުއައްސަސާތަކުގެ އިދާރާތަކުގެ ތިބި އެތައް ބަޔަކަށް ބަހައިލެވުނު ގޮތް ވަރަށް ތަފްސީލުކޮށް، ހެއްކާއި ގަރީނާއާ އެކުގައި ވާނީ ސަަރުކާރުގެ ކަމާ ބެހޭ ކޮމިޝަނަށްް ހުށަހެޅިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެކަމުގައި 200 އަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް ދައުވާކުރަން ޖެހޭކަން މިހާރު ވެސް ފާހަަގަވެފައިވާ ކަމަށާއި އެ ދައުވާތައް ކުރިއަށް ގެންދާނެ ކަމާ މެދުގައި އެމަނިިކުފާނަށް ޝައްކެއް ނެތް ކަމަށެވެ.
"އިއްޒަތްތެރި ބައެއް މެމްބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބަައެއް ބޭފުޅުންގެ މަގާމުފުުޅު ވެސް ގެއްލިދާނެ އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެެހެން ގޮތްގޮތް ވެސް ވެދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްއެޕީއާރުސީ ހިޔާނާތުގެ މައްސަލަގަނޑު މަޖިލީހުގައި މިއަދު އަލުން ހިލުނު އިރު، އެކަމުގައި ތުހުމަތުވާ އެއްވެސް މީހަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ފާސްްކޮށްފަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު އިއްޔެ ރޭ ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި، އެފަދަ މީހުންނަށް އެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް ހެދުމަށް ހުށަހެޅީ މާފަންނު މެދު ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އަންނަ މަހު 29 ގައި ބާއްވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ އެކި މަގާމުތަކަށް ކުރިމަތިލެވޭ ޝަރުތުތަކެއް އޭނާ ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި، ކުށެއްގައި ބައިވެރިވެފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ބޮންޑޭގެ ހުށަހެޅުއްވުމުގައި ވެ އެވެ.
ފައިސާ ހޯދަން ބޭރުކުންފުނިން މަސައްކަތްކޮށްދިން: ނަޝީދު
އަދީބުގެ މެސެޖުތައް އާންމު ކުރާނަން: ނަޝީދު
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް
އެމްޑީޕީއަށް ބަހުސް އަނބުރާ އާ އުކުޅު ހުއްޓުވައިފި
މަޖިލިސް ޗުއްޓީއަށް ނުދާން ނަޝީދު ތާއީދު ނުކުރެއްވި
މަޖިލީހުގެ ކޯޅުން: ނަޝީދަށް ގޯސްވީ ޝަރީފު!
ލިސްޓަށް ބަދަލު އަންނާނެ ކަމަށް ކޮމިޝަނުން ބުނި
ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން: އާޒިމް
ބޮޑު ހިޔާނާތުގެ ތަހުގީގުގެ ތެރެއަށް އެމްޑީޕީ ވަންނަނީ