އަންނަ އޭޕްރިލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް، ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިބި މީހުން ވަކިކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
01 މާޗް 2022
އަންނަ އޭޕްރިލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް، ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިބި މީހުން ވަކިކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
އިންތިގެ ކެމްޕެއިން ޓީމުގެ ފަރާތުން އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނައިއިރު، ޗެއާޕާސަން ކަމަށް ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު އަދި މި ސަރުކާރުގައި އެންމެ ބާރުގަދަ ކަމަށް ބުނާ ފައްޔާޒު އިސްމާއިލް އެވެ. އިންތިއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގެ ކެންޑިޑޭޓެއް ކަމަށް ވާއިރު، ފައްޔާޒުގެ ފަހަތްޕުޅުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ދެ ފެކްޝަނުގެ ބޭފުޅުން ވެސް ވިދާޅުވެ އެވެ.
ވައްޑެގެ ކުއްލި މައްސަލަ އަށް ބަހުސް ކުރުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި، ބަހުސް ކުރަން ފެންނަ ކަމަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރެކެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ވައްޑެ ވިދާޅުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ބާރުތަކެއް ލިބިފައިވީ ނަމަވެސް އެ ބޭރުތައް ބޭނުން ކުރަން ވާނީ ގާނޫނުއަސާސީގައި އޮންނަ ތަފާތު ނުކުރުމާއި ހަމަހަމަކަމުގެ އިންތަކުގެ ތެރެއިން ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް، ވަކި ބަޔަކު ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އޭގެ ސަބަބުން ސަރުކާރާ މެދު ނަފްރަތު އުފެދި ބައިބައިވުން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ހުށަހެޅީ ރ. ދުވާފަރު ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އެމްޑީޕީ މެމްބަރެއް ކަމަށްވާ އާމިރު އަހުމަދު ރައިސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ވަޒީފާ އިން ވަކިކުރައްވާފައިވާތީ އެވެ.
އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވެސް ވަނީ އެމްޑީޕީގެ އިންތިހާބާ ދިމާކޮށް ރައީސްގެ ބާރުތައް ނާޖާއިޒް ގޮތުގައި ބޭނުންކުރައްވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް މެސެޖެއް ފޮނުއްވައިފަ އެވެ. އެ މެސެޖުގައި ނަޝީދު ވަނީ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ. ޗެއާޕާސަންގެ އިންތިހާބުގައި އިންތި އާ ވާދަކުރައްވާ ފައްޔާޒުގެ ކެމްޕެއިން ޓީމުގެ ފަރާތުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
އައްޑޫގެ މަޝްރޫއުތައް ބާރަށް ކުރިއަށް އެބަދޭ: ސަރުކާރު
ޗެއާޕާސަން ހޮވުމުގެ އަރައިރުން މަޖިލީހުގައި ހޫނުވެއްޖެ!
އެމްޑީޕީގެ ތެރެއިން އުޅެނީ ސަރުކާރު ވައްޓާލަން:ޝަރީފް
ދެ ކޮމަންޑޫ ގުޅުވައިލުން ހުކުރު ދުވަހު ފަށަނީ
ނަޝީދާ މެދު އަމަލުކުރާ ގޮތުން އިންތިގެ ކަންބޮޑުވުން
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!
އަޅުގަނޑު މިހުރީ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި:ރައީސް