20 އެޕްރީލް 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އައްޑުއަށް ވި ވައުދުތަކުގެ މަޝްރޫއުތައް ބާރަށް ހިނގަމުން އަންނަ ކަމަށާއި ބައެއް ކަންކަން ނިމި, ފެށުމާ ހަމައިގައި ވެސް ބޮޑެތި މަޝްރޫއުތައް ހުރި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އައްޑުއަށް ވި ވައުދުތަކުގެ މަޝްރޫއުތައް ބާރަށް ހިނގަމުން އަންނަ ކަމަށާއި ބައެއް ކަންކަން ނިމި, ފެށުމާ ހަމައިގައި ވެސް ބޮޑެތި މަޝްރޫއުތައް ހުރި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސަރުކާރުން މިހެން ބުނީ އައްޑުއަށް ކޮށްދެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ވަރަށް ބޮޑަށް ފާޑުވިދާޅުވުމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލަށް ބަހުގެ ހަމަލާތައް އަމާޒުކުރެއްވި އިރު، މި ސަރުކާރަށް އައްޑޫ ރައްޔިތުންގެ ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. މި ސަރުކާރަށް އައްޑޫގައި ހިންގާލެވުނީ ކޮން މަޝްރޫއެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
މި ފާޑުވިދާޅުވުމުން އަމާޒުކުރެއްވީ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި)އަށް އައްޑޫން ތާއީދު ހޯއްދަވަން ވަޑައިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ. މިއީ މަޖިލީހުގައި އައްޑުއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކު މިހާ ފާޅުކަންބޮޑުކޮށް އައްޑުއަށް މި ސަރުކާރުން ކަމެއް ނުކޮށްދެވޭ ކަމަށް ވިދާޅުވި ފުރަތަމަ ފަހަރެވެ.
އައްޑޫގެ ތަރައްގީއަށް ފައްޔާޒް ކުރެއްވީ ކޮން ކަމެއްތޯ ވިދާޅުވެ ދެއްކެވި ވާހަކައިގައި ސަރުކާރުގެ އެހެން މިނިސްޓްރީތަކުގެ މަޝްރޫއުތައް ވެސް ކުރިއަށް ނުދާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އޭނާގެ މި ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ގިނަ މަޝްރޫއުތަކެއް އައްޑޫގައި ހިނގަމުން އަންނަ ކަމަށެވެ.
ސަރުކާރުން ވަނީ މި ވެރިކަމުގައި އައްޑޫގެ ހުރިހާ އަވަށްތަކުގައި ހިނގަމުން އަންނަ އަދި ނިމިފައިވާ މަޝްރޫއުތަކާއި ޓެންޑަރިންގައި ހުރި މަޝްރޫއުތަކުގެ ތަފާސްހިސާބު ވެސް ހިއްސާކޮށްފަ އެވެ.
އެ ހިސާބުތަކުގައިވާ ގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އައްޑުއަށް އެކަނި ވަނީ 1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވީ އައްޑޫގައި 141 މަޝްރޫއު ކުރިއަށް ގެންދަން ރާވާފައިވާ އިރު, 32 މަޝްރޫއެއް ނިމި 28 މަޝްރޫއު އަންނަނީ ހިނގަމުން ކަމަށެވެ. އެވޯޑުކޮށްފައި ބައެއް މަޝްރޫއުތައް ހުރިއިރު ޓެންޑަރިންގައި ވެސް މަޝްރޫއުތަކެއް ހުރި ކަމަށް އެ ތަފާސްހިސާބުތަކުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ރައްޔިތުން އެންމެ ބޭނުންވެފައި ތިބި ބިން ހިއްކުމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން އައްޑުއަށް ކުރެއްވި ދަތުރުގައި ސޮއިކޮށް މިހާރު އޮތީ ފެށުމުގެ މަރުހަލާގަ އެވެ.
އޭނާ ވިދާޅުވީ އައްޑޫ އެއާޕޯޓް ތަރައްގީ ކުރުން ފަދަ ހުރިހާ ކަމެއް ކޮވިޑުގެ ދަތީގައި އެންމެ ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދިޔައަސް ސަރުކާރުން ތިބީ ހުއްޓާލައިގެން ނޫނެވެ. އެކަން ވެސް އޮތީ ޓެންޑަރިންގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.
އައްޑޫގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދަން މަގު ހެދުމުގެ މަޝްރޫއު ވެސް ވަނީ ފަށައިފަ އެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅުވާލާ ބްރިޖް އަޅާ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ އެ މަޝްރޫއަކީ އައްޑޫގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު އެވެ. ހުރިހާ އަވަށްތަކެއްގައި 40 ކިލޯ މީޓަރުގެ މަގު ތާރު އަޅައިގެންނާއި ގާ އަތުރައިގެން ހަދާނެ އެވެ.
އިލްޔާސް ވަނީ އައްޑޫގެ ރިސޯޓްތައް ހަތަރު އަހަރުވި އިރު ވެސް ނުހުޅުވުނު ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. ޝަންގްރިއްލާ އާއި ހެރެތެރަ ބަންދުކުރަން ޖެހުނީ ރާއްޖެ އަށް ވެސް ކުރިމަތިވި ކޮވިޑުގެ ނުރައްކާތެރިކަމާ ހެދި އެވެ.
ސަރުކާރުން ރިސޯޓުތައް ބަންދުކުރީ ނޫން ކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ގޮތްތަކެއް ކަނޑައަޅައި ޝަންގްރިއްލާ ހުޅުވަން އެ ކުންފުންޏާ އެކު ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ސަރުކާރުން މަސައްކަތްތަކެއްކޮށްގެން ހެރެތެރަ ވެސް އެއްބައި މިހާރު ހުޅުވާފައިވާ ކަމަށް ވިދާޅުވި އެވެ.
"އައްޑޫގެ ޓޫރިޒަމް ފުޅާކޮށް ކުރިއަރުވަން ސަރުކާރުން އިސް ނަގައިގެން އައްޑޫގެ ލޭންޑް ރެންޓް ކުޑަކޮށްފައި ގާނޫނަށް ބަދަލުތަކެއް ގެނެސްފައި އޮތީ," އޭނާ ވިދާޅުވި އެވެ.
އައްޑޫގެ ގިނަ ބަޔަކު ރިސޯޓްތަކުގައި ވަޒީފާ އަދާކުރެ އެވެ. ސަރުކާރުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވީ ވައުދު ފުއްދަން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނޭ މިނިމަމް ވޭޖުން އައްޑުއަށް ވެސް ހެޔޮ އަސަރެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމްގައި އައްޑޫގެ 1,000 އަށް ވުރެން ދަރިވަރުން އަންނަނީ ކިޔަވަމުން.
މަތީ ތައުލީމުގެ ލޯނު 170 އަށް ވުރެން ގިނަ ދަރިވަރުންނަށް ދޫކޮށްފައިވޭ
ކޮވިޑުގެ ހާލަތުގައި އިންކަމް ސަޕޯޓްގެ ގޮތުގައި އައްޑޫގެ 1,387 މީހުންނަށް 24.6 މިލިއަން ރުފިޔާ ދޫކޮށްފައިވޭ.
އައްޑޫގެ 57 ފަރާތަށް އެސްޑީއެފްސީން 78 މިލިއަން ރުފިޔާ ދޫކޮށްފައިވޭ.
އައްޑޫގެ ހުރިހާ އަވަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށް އެބަދޭ
އައްޑޫ ރީޖަނަލް ޕޯޓުގެ މަސައްކަތް އެމްޕީއެލް އިން ކުރިއަށް އެބަގެންދޭ.
އޮފިޝަލް ވިދާޅުވި ގޮތުގައި ޕްލޭންކޮށް, ބަޖެޓްކޮށް އައްޑޫގެ ކަންކަން ސަރުކާރުން އަންނަނީ ކުރަމުންނެވެ. ކޮވިޑުގެ ދަތި ދެ އަހަރު މި ސަރުކާރަށް ލައްވާލިޔަސް އެއްވެސް ކަމެއް ނުހުއްޓައި މި ދައުރުގެ ތެރޭގައި އެ ކަންކަން ނިންމުމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ދާއިރާތަކުގެ އަޑު: "ރައީސަށް އިތުބާރު އެބައޮތް"
ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023 ބަންދުވީތަ؟
ރައީސާއެކު ޕާޓީތަކުން ހެޔޮގޮތް ހޯދޭނެ: އިމްރާން
"ހިތް ބުރަކަމެއް ނެތް، އެކުގައި މަސައްކަތް ކުރެވޭނެ"
އިންތި: ވަރުގަދަ އުންމީދެއް، 100 ޕަސެންޓް ޔަގީން
މި ހޫނަށް ފަހު އެމްޑީޕީ އެކަތިގަނޑަކަށް ވެވިދާނެ؟
އެމްޑީޕީ އޮތީ "ހިންގާލާފައި" ކަމަށް ވިދާޅުވެ ރައްދެއް
ގައުމީ މަޖިލީހުގެ ހޫނުވި ވޯޓު: ނަޝީދަށް މެސެޖެއް؟!
ގައުމީ މަޖިލީހުގައި އެމްޑީޕީގެ ދެ ފަޅި ހާމަޔަށް
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!