09 މާޗް 2022
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބާއްވާ ތާރީހް ކަނޑައެޅުމުގެ މައްސަލާގައި މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބޭނުންވި ގޮތަށް އިންތިހާބު ފަސްކުރަން ބޮޑު އަޣުލަބިއްޔަތަކުން ނިންމި އިރު ފެނުނީ ޕާޓީ މިހާރު އޮތް ގޮތެވެ. ވޯޓުގެ ނަތީޖާގެ އިތުރުން ދެ ފަރާތުން ބަދަލުކުރި ބަހުގެ ހަމަލާތަކާއި ކުރި ތުހުމަތުތަކުން ފެނުނީ ޕާޓީ ތެރޭ އޮތް ޚިލާފުތަކާއި ފިކުރުގެ ދެބައިވުމެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބާއްވާ ތާރީހް ކަނޑައެޅުމުގެ މައްސަލާގައި މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބޭނުންވި ގޮތަށް އިންތިހާބު ފަސްކުރަން ބޮޑު އަޣުލަބިއްޔަތަކުން ނިންމި އިރު ފެނުނީ ޕާޓީ މިހާރު އޮތް ގޮތެވެ. ވޯޓުގެ ނަތީޖާގެ އިތުރުން ދެ ފަރާތުން ބަދަލުކުރި ބަހުގެ ހަމަލާތަކާއި ކުރި ތުހުމަތުތަކުން ފެނުނީ ޕާޓީ ތެރޭ އޮތް ޚިލާފުތަކާއި ފިކުރުގެ ދެބައިވުމެވެ.
ޗެއާޕާސަންގެ އިންތިޚާބަށް ވާދަކުރައްވާ ފައްޔާޒު އެ އިންތިޚާބު ފަސްކުރަން ހުށަހެޅުއްވިޔަސް، އެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެކަމަށް ދެކޮޅެވެ. އިންތިގެ ހުށަހެޅުމަކީ ކުރިން ވެސް ރޭވި ގޮތަށް ނުވަތަ އެއަށް ވުރެ އަވަހަށް އިންތިޚާބު ބޭއްވުމަށެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރާ އެއްކޮށް ގަދަކޮށް ކަމަށާއި އޭނާ މަސައްކަތްކުރައްވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް ސޯލިހް ވެރިކަމަށް ގެނައުމަށްޓަކައި ކަމަށެވެ. އަދި ސަރުކާރަށް މަޖިލިސް ތެރެއިން ހުރަސް އަޅަމުންދާ މަންޒަރު އެންމެންނަށް ފެންނާނެ ކަމަށް ވިދާޅުވެ.އޭނާ ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވަނީ ކޮން ބައެއް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އިންތިއަށް ތާއީދުކުރާ ބޭފުޅުންގެ ނަން ވިދާޅުވުމަށް ފަހު، އެ ޕާޓީއަށް ގުރުބާންވީ އެ ބޭފުޅުން އެކަނި ނޫން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ހޫނުވި ޖަލްސާ ކުރިއަށްދަނީ. -- ފޮޓޯ: އެމްޑީޕީ
"އެކި މީހުންނަށް ގުޅައިގެން އެކި ގޭގެއަށް ގުޅައިގެން ތިމަންނަ ބޭރުކުރަން އުޅެނީއޭ ކިޔާފައި ވާހަކަ ދައްކަނީ ކޮން ބޭފުޅެއްތޯ. އެއީ ކޮން ނުފޫޒެއްތޯ. ވަގެކޭ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި ގޮވާއިރު އަޅުގަނޑުމެން ވެސް މިއީ މި ޕާޓީއަށްޓަކައި ގުރުބާންވި މީހުން. އީވާ އާއި އިންތި އާއި ހަސަން ލަތީފާއި ވައްޑެ އާއި ގިޓާއާ އެކަންޏެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އިންތިޚާބު ބާއްވަން ޖެހޭނީ ގިނަ މެމްބަރުންނަށް ބައިވެރިވެވޭ ގޮތަށް ރޯދަ މަސް ނިމުމަށްފަހު ކަމަށެވެ.
އަނެއް ފަރާތުން އިންތިޚާބު ތިމަންނައަށް ޔަގީން ވަންދެން ވޯޓުގެ ބުރު ފަހަރަކަށް ވުރެ ފަހަރެއް ބަދަލު ކުރުމަކީ އެނގިވަޑައިގަންނަވާނެ މި ޕާޓީގެ އިންތިޚާބުތަކާ ދޭތެރެގައި މި ޕާޓީގެ ރައްޔިތުން އިތުބާރު ގެއްލޭނެ ކަމެއް. އެކަހަލަ ޕީޕީއެމް އަމަލުތައް މި ޕާޓީގެ ތެރޭގައި ނުފެށުން އެއީ އަޅުގަނޑު ވަރަށް އެދޭ ކަމެއް: އީވާ
މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިންތިޚާބު ފަސްކުރުމަކީ އެމްޑީޕީގެ ވިސްނުމާ ވަރަށް ދެކޮޅު އަދި ޕީޕީއެމްގެ ސިޔާސަތުގައި ހިމެނޭ ގޮތެއް ކަމަށެވެ. އަދި އިންތިޚާބުު ފަސްކުރުކުން ހުތުރު ކަމަށާއި އަދި ރޯދަ މަހާ ދިމާވުމަކީ އިންތިޚާބު ފަސްކުރަންޖެހޭ ސަބަބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. ފައްޔާޒްގެ ނަން ވިދާޅުނުވެ، އީވާ ވިދާޅުވީ އިންތިޚާބު ފަސްކުރަން އުޅެނީ ހޮވޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ.
"އަނެއް ފަރާތުން އިންތިޚާބު ތިމަންނައަށް ޔަގީން ވަންދެން ވޯޓުގެ ބުރު ފަހަރަކަށް ވުރެ ފަހަރެއް ބަދަލު ކުރުމަކީ އެނގިވަޑައިގަންނަވާނެ މި ޕާޓީގެ އިންތިޚާބުތަކާ ދޭތެރެގައި މި ޕާޓީގެ ރައްޔިތުން އިތުބާރު ގެއްލޭނެ ކަމެއް. އެކަހަލަ ޕީޕީއެމް އަމަލުތައް މި ޕާޓީގެ ތެރޭގައި ނުފެށުން އެއީ އަޅުގަނޑު ވަރަށް އެދޭ ކަމެއް،" އީވާ ވިދާޅުވި އެވެ.
ހުޅުމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ގައުމީ މަޖިލީހުން ކަމެއް ނިންމަން ޖެހެނީ ވަކި ބަޔަކު ކަމެއް ބޭނުންވުމުން އެކަނި ނޫން ކަމަށެވެ. އަދި އަވަސް އަރުވާލައިގެން އިންތިޚާބު ބާއްވަން އުޅެނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ފުރަތަމަ ދެއްކި ވާހަކައަކީ ރައީސް ނަޝީދަށް ކުރިމަތިނުލެވެންޏާ މި ޕާޓީން ކެންޑިޑޭޓެއް ނުނެރޭނަމޭ. މި ޕާޓީން ދާނީ ޖޭޕީ ކެންޑިޑޭޓް ފަހަތަށޭ. ވަރަށް ޑިމޮކްރަޓިކްތޯ؟. ވަރަށް ހަޑި. ވަރަށް ހުތުރު: ރޮޒެއިނާ
ނަޝީދަށް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވުމުން އެ މަނިކުފާނަށް ތާއީދުކުރާ ކެންޑިޑޭޓުން އެމްޑީޕީން އޭރު ރިޔާސީ ކެންޑިޑޭޓަކު ނުނެރެން ވަކާލާތުކުރީ ޑިމޮކްރަޓިކް އުސޫލަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އޭނާ އެ ވާހަކަ އަމާޒުކުރީ އިންތިޚާބު ފަސްކުރުމަކީ ޕީޕީއެމްގެ ސިޔާސަތެއް ކަމަށް ބުނެ އީވާ ދެއްކެވި ވާހަކައަށެވެ.
"ފުރަތަމަ ދެއްކި ވާހަކައަކީ ރައީސް ނަޝީދަށް ކުރިމަތިނުލެވެންޏާ މި ޕާޓީން ކެންޑިޑޭޓެއް ނުނެރޭނަމޭ. މި ޕާޓީން ދާނީ ޖޭޕީ ކެންޑިޑޭޓް ފަހަތަށޭ. ވަރަށް ޑިމޮކްރަޓިކްތޯ؟. ވަރަށް ހަޑި. ވަރަށް ހުތުރު،" ރޮޒެއިނާ 2018 ގެ ރިޔާސީ އިންތިޚާބާ ގުޅުވައި ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އިންތިޚާބުގެ ތާރީޚު ފުރަތަމަ ކަނޑައެޅި ޖަލްސާގައި ފައްޔާޒް ބައިވެރިވެ ވަޑައިގަތްއިރު އެއްވެސް މައްސަލައެއް އޭރު ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ. އަދި މިހާރު އިންތިޚާބު ފަސްކުރަން އުޅެނީ ގިނަ މެމްބަރުންގެ ތާއީދު އޮތީ އިންތިއަށް ކަން ފައްޔާޒަށް އެނގިވަޑައިގަތުމުން ކަމަށާއި އެގޮތަށް އަމަލު ކުރުމަކީ އެމްޑީޕީގެ ވިސްނުމާ ވަރަށް ދެކޮޅު ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ މެމްބަރުންގެ ވިސްނުން ހުރި ގޮތް ވަޒަން ކުރެވުނީމާ، އެނގިވަޑައިގަތީ އަދި ކަމަކު ދާކަށް ނެތޭ ލަސްނުކޮށް. އެކަމާ ހެދިގެން ކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ،" އިލްޔާސް ވިދާޅުވި އެވެ.
މިރޭގެ ގައުމީ މަޖިލިސް
މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ފައްޔާޒަށް ތާއީދުކުރާ މެމްބަރުންނަކީ "ހަކުރު ގަނޑަކަށް މެހި ދާ އުސޫލުން ދިޔަ ބައެއް" ކަމަށް ބުނެ ވާހަކަ ދެއްކުން ވަރަށް ދެރަ ކަމަށެވެ. އަދި ފައްޔާޒަށް ތާއީދުކުރާ މެމްބަރުން ވޯޓުން ވައްކަންކުރާނެ ކަމަށް ތުހުމަތު ކުރަމުންދާ ކަމަށާއި އެކަމަކު ފައްޔާޒަށް ތާއީދުކުރަނީ އެއްވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދާއިރާގައި ތިން ރަށު ކުދިން އެބަތިބި ސަސްޕެންޑްކޮށްފައި. މިއޮތް ދޮޅު އަހަރު ތެރޭގައި ފައްޔާޒް އިސްމާއިލަކަށް ފެނަކަ ސައީދަކަށް އޭގެ އެއްވެސް މީހަކު ވައްދާކަށް ނުބުނަން. އެ މީހުން މި ކެމްޕެެއިންގައި ވެސް މަސައްކަތް ކުރާނެ،" ރާއީ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ރޯދަ މަހު އިންތިހާބަކަށް ވުރެ ބޮޑެތި ސިޔާސީ ހަރަކާތްތައް ވެސް އެމްޑީޕީން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ޕީޕީއެމްއިން ކަން ކުރާ އުސޫލުން އިންތިޚާބާ ކުޅެން އުޅޭތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން އިންތިޚާބު އަވަސްކުރަންޏާ ކުރަންވީ ނޫންތޯ. އަޅުގަނޑު ވަރަށް ކަންބޮޑުވަން،" ވަހީދު ވިދާޅުވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިލް ވިދާޅުވީ ވަކި ބޭފުޅަކު ޗެއާޕާސަން ހޮވިއްޖެ ނަމަ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރާނެ ކަމަށް އާންމު މެމްބަރުން ގާތު ބުނަމުންދާ ކަމަށެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށާއި މިހާރު ކަންކަން ހުރިގޮތުން ޕާޓީގެ ކުލަ ބަދަލުކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ކުޑަމިނުން މި ޕާޓީގެ ރަން ރީނދޫ ކުލަ ވެސް ގެއްލިދާނެ. ކުލަ ބަދަލުކޮށްފާނެ. އެހެނެއް ނުވާނެ." ނާޒިލް ވިދާޅުވި އެވެ.
އެކަމަކު އިންތިޚާބު ރޯދަ މަހަށް ވުރެ ފަސްކުރުން ނުވަތަ އަވަސް ކުރަން އޭނާ ތާއީދެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާޓީ ހިންގުންތެރިވެގެން ކަމަށާއި އެކަން ކުރެވޭނީ ފައްޔާޒަށް ކަމަށެވެ. އަދި ފައްޔާޒަށް ތާއީދު ކުރަނީ އަސްލު އެމްޑީޕީގެ މެމްބަރުން ނޫން ކަމަށް ބުނާތީ އޭގެ ރައްދުގައި އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު ހިސާބުން ފެށިގެން އޭނާއަކީ އެމްޑީޕީ މެމްބަރެއް ކަމަށެވެ.
ފައްޔާޒަށް ތާއީދު ހޯދަން ނުފޫޒު ފޯރުވާ ކަމަށް ބުނާ ބުނުމާ ގުޅިގެން އޭނާ ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ އެތައް ބަޔަކު މިހާރު ވެސް ސަރުކާރުގެ ވަޒީފާތަކުގައި އެބަތިބި ކަމަށެވެ.
"މިހާރު ވެސް އެބަތިބި ރައީސުލްޖުމްހޫރިއްޔާއަށާއި ކެބިނެޓް މެމްބަރުންނަށާއި މެމްބަރުންނަށް ވަގަށް ގޮވާ ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މީހުން. ވަޒީފާގައި އެ މީހުން އެބަ ތިއްބޭ. ނުފޫޒެއް ނުހިންގަވާ،" އަމީރު ވިދާޅުވި އެވެ.
އިންތިޚާބު އަންނަ މެއި މަހަށް ފަސްކުރަން މިރޭ ފާސްކުރީ 100 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 15 މެމްބަރުންނެވެ.
ދާއިރާތަކުގެ އަޑު: "ރައީސަށް އިތުބާރު އެބައޮތް"
ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023 ބަންދުވީތަ؟
ރައީސާއެކު ޕާޓީތަކުން ހެޔޮގޮތް ހޯދޭނެ: އިމްރާން
"ހިތް ބުރަކަމެއް ނެތް، އެކުގައި މަސައްކަތް ކުރެވޭނެ"
މި ހޫނަށް ފަހު އެމްޑީޕީ އެކަތިގަނޑަކަށް ވެވިދާނެ؟
އެމްޑީޕީ އޮތީ "ހިންގާލާފައި" ކަމަށް ވިދާޅުވެ ރައްދެއް
ގައުމީ މަޖިލީހުގެ ހޫނުވި ވޯޓު: ނަޝީދަށް މެސެޖެއް؟!
ސުޕަ މެޖޯރިޓީ އޮވެ ރައީސްގެ ކަންބޮޑުވުންތަކެއް!
ވޯޓާ ގުޅެނީ ފައްޔާޒު "ބްރޯ" އަކަށް ވުމުގެ ބިރު؟!
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ