މާފަންނު ޕޮލިސް ސްޓޭޝަންގައި ޗައިނާގެ ޓޫރިސްޓް އަންހެނަކު ދިރިއުޅެމުންދާ ކަމަށާއި އޭނާއަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
26 އޮކްޓޯބަރ 2023
މާފަންނު ޕޮލިސް ސްޓޭޝަންގައި ޗައިނާގެ ޓޫރިސްޓް އަންހެނަކު ދިރިއުޅެމުންދާ ކަމަށާއި އޭނާއަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ޓޫރިސްޓަކީ މި މަހުގެ 19 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަންތަނަށް ކުޅުޖަހައި، އަޑުގަދަކުރި މީހެކެވެ. އޭގެ ފަހުން އޭނާ ފުރަތަމަ އުޅެމުން ދިޔައީ އެއާޕޯޓުގަ އެވެ. ފުލުހުން އޭރު ބުނީ އެ މީހާއަށް ތަކުރާރުކޮށް ނަސޭހަތްދީ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. ޕޮލިސް ސްޓޭޝަނުގައި ވެސް އުޅޭތާ މިހާރު ވަނީ ހަފުތާއެއްހާ ދުވަސް ވެފަ އެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ އެ މީހާ ޕޮލިސް ސްޓޭޝަން ތެރޭގައި ދިރިއުޅެމުންދާ ފޮޓޯތަކެއް އާންމުވެފަ އެވެ. އެއިން އެއް ފޮޓޯގައި ފެންނަނީ އޭނާ ޕޮލިސް ސްޓޭޝަން ތެރޭގައި އިން ބެންޗެއްގައި އޮށޯވެ އޮތް ތަނެވެ. އަނެއް ފޮޓޯއިން އޭނާގެ ފޮށި މަތީގައި އިށީންދެ އިންނަތަން ފެންނައިރު އަނެއް ފޮޓޯގައި ފެންނަނީ އެ މީހާ ގެންގުޅޭ ފޮށިމަތީގައި ހެދުން އަޅުވާފައި ހުއްޓަ އެވެ.
މަނުޖެހުން ހިންގި ފަތުރުވެރިޔާ ޕޮލިސް ސްޓޭޝަން ތެރޭގައި ދިރިއުޅެމުންދާ ކަމަށް ފުލުހުން ބުނޭ.--
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ އެ މީހާ އެއީ ފުލުހުންގެ ބަންދުގައި ނުވަތަ ބެލުމުގެ ދަށުގައި ހުރި މީހެއް ނޫން ކަމަށެވެ. އަދި އެ މީހާ އެގޮތަށް ޕޮލިސް ސްޓޭޝަންގައި އުޅޭތީ ތަކުރާރުކޮށް ނަސޭހަތް ދީ އެގޮތަށް ކަންތައް ނުކުރުމަށް އެދިފައިވާނެ ކަމަށް ވެސް ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ މީހާ ފޮނުވާލުމަށް އިދާރާތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޗައިނާ ޓޫރިސްޓު ޕޮލިސް ސްޓޭޝަން ތެރޭގައި ފޮށިން ހެދުންތައް ނަގާފައި.--
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެއިން ނުފުރިގެން އުޅެނީ ވިސާގެ މައްސަލައެއް ޖެހިގެންނެވެ. އޭނާ ފުރޭ ގޮތް ޗައިނާ އެމްބަސީން ހަމަޖައްސައިދިން ނަމަވެސް އޭނާ ދާން ބޭނުން ނުވީ ކަމަށް ވެ އެވެ.
ޗައިނާ ޓޫރިސްޓު ފޮނުވައި ނުލެވެނީ ދެކޮޅުހަދާތީ
ގައިންގަޔަށްއަރާ ބައްޔެއް ހުރި މީހަކު ފިލައިގެން ހޯދަނީ
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ވަގަށް ސިނގިރޭޓު އެތެރެކުރި މީހަކު ހައްޔަރުކޮށްފި
އިމިގްރޭޝަނަށް 50އޮފިސަރުން ހޯދަން އިންޓަވިއު 24ގައި
ޝަމްއާން ފްރޭމްކުރަން ޖެހޭ ސަބަބެއް ނެތް: ޕޮލިސް
ރެއިޑުގައި ލިޔެކިޔުން ހުރި ބިދޭސިންވެސް ހައްޔަރުކުރި
ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަ ބޮޑެއް އަތުލައިގެންފި
އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން އިއުލާނުކޮށްފި
ހިނގާފައި އެއާޕޯޓަށް ވަންނަން އުޅެނިކޮށް ހިފަހައްޓައިފި