Roadha Mihaaru

ވަގަށް ސިނގިރޭޓް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރެޓް އެތެރެކޮށް އޭގެ ވިޔަފާރިކުރަމުންދާ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

ވަގަށް ސިނގިރޭޓު އެތެރެކުރި މީހަކު ހައްޔަރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 މެއި 2025

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރެޓް އެތެރެކޮށް އޭގެ ވިޔަފާރިކުރަމުންދާ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ 45 އަހަރުގެ އަބްދުލްކަރީމެވެ. އޭނާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ 12:15 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ވަގަށް އެތެރެކުރި ސިނގިރޭޓް

ވަގަށް އެތެރެކުރި ސިނގިރޭޓް

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ތިލަފުށީ ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ބެލެވޭ މެންޗެސްޓާ ބްރޭންޑުގެ 32 ކާޓަން ސިނގިރޭޓް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

މީގެކުރިން ވެސް ގަވާއިދާ ހިލާފަށް ސިނގިރެޓް އެތެރެކުރި މައްސަލަތައް ފެންމަތިވެ، ބިދޭސީން ހައްޔަރުކޮށްފައިވެ އެވެ.