ބޮންޑެޑް ވެއާހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ގުދަނަކުން ސިނގިރޭޓުތަކެއް ގެއްލުނު މައްސަލާގައި ތިން މީހަކު ހައްޔަރު ކުރިޔަސް ފުލުހުންނަށް އެފަދަ ރިޕޯޓެއް ކޮށްފައި ނެތުމުން، އެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ބަންދުން ދޫކޮށްލައިފި އެވެ.
18 މެއި 2025
ބޮންޑެޑް ވެއާހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ގުދަނަކުން ސިނގިރޭޓުތަކެއް ގެއްލުނު މައްސަލާގައި ތިން މީހަކު ހައްޔަރު ކުރިޔަސް ފުލުހުންނަށް އެފަދަ ރިޕޯޓެއް ކޮށްފައި ނެތުމުން، އެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ބަންދުން ދޫކޮށްލައިފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލާދޭޝް ތިން މީހުން ކަމަށްވާ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމަން އެވެ. އެ މީހުން ބަންދުކުރަން ކޯޓުން ކުރިން ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އެ މީހުންނަކީ ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރާ ބައެއް ކަމަށެވެ.
މިއީ ރާއްޖޭގެ ވަރުގަދަ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ލޮޓަސް ފިހާރަތައް ހިންގާ ކުންފުންޏެވެ.
ކްރިމިނަލް ކޯޓުން އެ މީހުން ޝަރުތުތަކާއެކު މިދިޔަ ހުކުރު ދުވަހު ދޫކޮށްލީ ބަންދުގައި 10 ދުވަހަށްވުރެ ގިނަ ދުވަސްވިއިރު ވެސް އެފަދަ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހަށް ރިޕޯޓް ކޮށްފައިނުވާތީ ކަމަށެވެ. އެހެންވެ، ޕާސްޕޯޓު ހިފަހައްޓަން ޝަރުތުކުރުމަށް ފަހު އެ ތިން މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ކޯޓުން ބުނީ އެ މީހުންނަކީ ސައްހަ ވިސާގައި އުޅޭ ބައެއް ކަމަށެވެ.
އެ މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވީ، އަތުލައިގަތް ސިނގިރެޓް ކާޓަންތަކަކީ މި ބިދޭސީން މަސައްކަތްކުރާ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށާއި އެއީ ބޮންޑެޑް ވެއާހައުސް އަކަށް ވާތީ އެތަނުން ތަކެތި ބޭރުކުރެވޭނީ ވެސް ކަސްޓަމްސް އަށް ޑިއުޓީ ދައްކައިގެން ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނިގޮތުގައި މިހާރު ލިބިފައިވާ މައުލޫމާތަށް ބަލައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ. އަދި ހައްޔަރު ކޮށްފައިވާ އެންމެންގެ މައްޗަށް ވެސް ކުރަނީ ވައްކަމުގެ ތުހުމަތެވެ.
ތުހުމަތުގައި ކުރެވޭ މީހުން ދިފާއުގައި ބުނެފައިވަނީ އެ މީހުން ސިނގިރެޓް ކާޓަންތައް ޕިކަޕަކަށް އެރުވީ އެ ޕިކަޕް އޮތް ހިސާބުން ދިމާވި އެހެން ބިދޭސީއަކު އުޖޫރަ ދޭނެ ކަމަށް ބުނުމުން ކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ ސިނގިރެޓްތައް ފެނުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކަޅު ކޮތަޅުތަކަކުންނެވެ. އަދި އޭގައި 221 ފޮށި ސިނގިރެޓް ހުރި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އަތުލައިގަތް ސިނގިރޭޓް ހަވާލުކުރަން ކޯޓުން އަންގައިފި
ސިނގިރޭޓު ފޮށި ބޭރުކުރަން އުޅުނު 2މީހުން ދޫކޮށްލައިފި
ސިނގިރެޓް ފޮށިތަކެއް ނެގި މީހަކު ހަތް މަހަށް ޖަލަށް
އައްޑޫގައި ހަށިވިއްކަން އުޅުނު ދެ މީހަކު އަތުލައިގެންފި
ހައްޔަރުކުރި ފުލުސް ކޮކެއިންއަށް ޕޮޒިޓިވް
ވަގު ސްލިޕްގައި ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރު
މަގުމަތީ ކަނޑި ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި
ސްކޭމުގެ ބޮޑެއް އަތުލައިގަންނަން އެހީވީ އާންމުން
ޑްރަގް ވިޔަފާރީގެ ތުހުމަތަށް މާލެއިން މީހަކު ހައްޔަރު
އުމުރުން 33 އަހަރު، 106 ވަނަ ފަހަރަށް ހައްޔަރު