ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓުގެ ތެރެއިން ފެނުނު 49،000 ސިނގިރޭޓް ފޮށި އަނބުރާ އެ ކުންފުންޏަށް ރައްދު ކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި އެވެ.
27 އެޕްރީލް 2025
ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓުގެ ތެރެއިން ފެނުނު 49،000 ސިނގިރޭޓް ފޮށި އަނބުރާ އެ ކުންފުންޏަށް ރައްދު ކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި އެވެ.
ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓަށް ވަނީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭގަ އެވެ. ޖެހިގެން އައި ދުވަހު، އެ އިދާރާ އިން ބުނީ އެ ގެއިން ކާޑުބޯޑުގެ 103 ފޮށިގަނޑު އަތުލައިގަނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑު ވެސް ހިމެނޭ ކަމަށް އޭރު ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ސިނގިރޭޓު އުފައްދަން އުޅުނީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގަ އެވެ. އެ ކުންފުނިން ވަނީ ފުލުހުން ހިފެހެއްޓި މުދާ ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުސް ފޮއްޓާއި ދެ ބޮކްސިން މެޝިނަކާއި އުފައްދާފައިވާ ސިނގިރޭޓް އަދި ދުންފަތެވެ.
ފުލުހުން ހިފަހައްޓާފައިވާ މުދާ ވިއްކުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދައި އެ ހުއްދަރަކާ އެކު ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފި ނަމަ ހިފަހައްޓާފައިވާ މުދާ ދޫކުރަން އިއުތިރާޒު ނުކުރާ ކަމަށް މި މައްސަލައިގެ އަޑުއެހުމުގައި ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްކުރީ ފުލުހުން ހިފަހައްޓާފައިވާ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑްގެ މުދާތަކުގެ ތެރެއިން ހުސް ފޮށިތަކާއި ބޮކްސިން މެޝިންތައް އެއްވެސް ޝަރުތެއް ނެތި ދޫކުރުމަށެވެ. ސިނގިރޭޓާއި ދުންފަތް ދޫކުރުމަށް ބައެެއް ޝަރުތައް ހުކުމްގައި ކަނޑައަޅައިފަ އެވެ.
އެ ޝަރުތުތަކަކީ:
- މުދާ ދޫކުރެވޭ ހާލަތުގައި ހިފަހައްޓާފައިވާ މުދަލުގެ ފޮރެންސިކް ތަހުލީލު ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފުލުހުންނަށް އެއްބާރުލުން ދިނުން.
- ހިފެހެއްޓިފައިވާ މުދާ ވިއްކުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ / ލައިންސެންސް ހޯދުމަށް ފަހު ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުން މުދާ ދޫކުރުމަށް.
- މުދާ ދޫކުރާ ހާލަތުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމަށް
- މުދާ ދޫކުރެވެންދެން ނުވަތަ މުދަލާ މެދު ވަކި ގޮތަކަށް އަމަލު ކުރެވެންދެން މުދަލުގެ އަގު ނުގެއްލޭނެހެން ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ފުލުހުންގެ މައްޗަށް އެންގުމަށް.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ހުސް ފޮށިތަކާއި މެޝިންތައް ތިން ދުވަސް ތެރޭ ހަވާލުކުރަން އަންގައިފަ އެވެ. އަދި ސިނގިރޭޓާއި ދުންފަތް ލައިންސެންސް ނެގުމަށްފަހު ހުށަހަޅާތާ ފަސް ދުވަސް ތެރޭ ހަވާލުކުރަން އަންގައިފަ އެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ރެއިޑިއަސް ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. ނަމަވެސް، އޭގެ ބައެއް ބާވަތްތައް އެތެރެކުރެވެ އެވެ.
އެ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ސިނގިރޭޓު ފޮށި ބޭރުކުރަން އުޅުނު 2މީހުން ދޫކޮށްލައިފި
ސިނގިރެޓް ފޮށިތަކެއް ނެގި މީހަކު ހަތް މަހަށް ޖަލަށް
ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި
މަގުމައްޗަށް ދޫކޮށްލި ކޮތަޅުތަކެއްގައި ވަގު ސިނގިރެޓް
ވޭޕް މައްސަލަތަކުގައި މިދިޔަ މަހު 39 މީހުން ޖޫރިމަނާ
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެމީހުން ބަންދަށް
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
ޔުމްނު އާއި ރައުދު އާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި
ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި
ކުއްޖާ ވެއްޓުނު މައްސަލައިގައި ރައުދު ހައްޔަރުކުރަނީ