މާލޭގެ ރެޑްވޭވް ޕްލާޒާ އިން 14ރ. އަށް ދޭ ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މާލޭގެ ރެޑްވޭވް ޕްލާޒާ އިން 14ރ. އަށް ދޭ ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އިއްޔެ ރެޑްވޭވް ޕްލާޒާއިން ވައްކަން ކުރި މީހަކު އެތަނުގައި ހިފަހައްޓައި، ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. ފިހާރައިގެ ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި އޭނާ ވަނީ ފިހާރައަށް ވަދެ އެތަނުގެ ހަރަކުން 50 ގްރާމްގެ ޗޮކްލެޓެއް ނަގައި އެ ކާލައިގެން ކަރުދާސްގަނޑު ޖީބަށް ލައިފަ އެވެ.
ވަގަށް ނެގި ޗޮކްލެޓަކީ އެންމެ 14ރ. އަށް ދޭ އެއްޗެއް ކަމަށާއި އެކަމާ ގުޅިގެން އޭނާ ގިނަ ދުވަހަށް ބަންދު ނުކުރުމަށް ކޯޓުގައި އެ މީހާ އިއްޔެ އެދިފައިވެ އެވެ.
ނަމަވެސް، ކޯޓުން ބެލިއިރު އުމުރުން 37 އަހަރުގެ އެ މީހާއަކީ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. މި އަހަރުގެ ތެރޭގައި ވެސް ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
އެހެންވެ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުއަށް ނުރައްކާވާނެ ކަމަށް ކަނޑައަޅައި، ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ދިނީ އެވެ.
އަންހެން ހެދުން އަޅައިގެން ވައްކަންކޮށްފި
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ގޭބަންދުގައި ހުރި މީހަކު ވައްކަންކޮށްގެން ހައްޔަރު
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ފަށް ޖަހައިގަތް މީހާގެ ބަންދަށް ހަތް ދުވަސް
އޮޅުވާލައި މީހަކު ގެންގޮސް، ފޭރުނު ތިން މީހުން ޖަލަށް
އޮޅުވާލައިގެން ގެންގޮސް ފޭރުނު މައްސަލާގައި ދައުވާކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
މީހުން ގަދަކަމުން ގެންގޮސް ބަރަހަނާކޮށް، ފޭރޭ ގެއެއް