މާލޭގެ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހަކު ތަހުގީގަށް 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
11 ޖުލައި 2025
މާލޭގެ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހަކު ތަހުގީގަށް 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
އުމުރުން 59 އަހަރުގެ އެ މީހާގެ ބަންދުކުރަން ކޯޓުން ކުރި އަމުރުގައި ބުނީ އޭނާ ކުށްކުރި ކަމަށް ތުހުމަތުވާ ވަރަށް ކޮންމެެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. ގދ. ގައްދު އަށް އުފަން އެ ފިރިހެންމީހާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ހުރި ކަންކަން ފުރިހަމަވާތީ ބަންދުކުރަން ނިންމީ ކަމަށް ބުންޏެވެ.
އެ އަމުރުގައިވާ ގޮތުން، ފެންޓަސީ ސްޓޯރުން ޗޮކްލެޓެއް ވަގަށް ނެގި މީހަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ސީނަށް ދިއުމުން ފިހާރައިގެ އެޗްއާރުން ވަނީ ފުލުހުންނާ ބައްދަލުކޮށް، އެ ފިހާރައިގެ ސީސީޓީވީ ކެމެރާ އިން ފެނުނު މައުލޫމާތު ހިއްސާކޮށްފަ އެވެ. ސީސީޓީވީ ކެމެރާ އިން ފެންނަނީ ޗޮކްލެޓެއް ވަގަށް ނަގައި، ޖީބަށް ލައިގެން އެ މީހާ ފިހާރައިން ނުކުމެގެން ދާން އުޅޭ ތަނެވެ.
އެ މީހާ ހިފަހައްޓައި ޗޮކްލެޓް ވަގަށް ނަގައިގެން ދާން އުޅެނީތޯ ސުވާލު ކުރުމުން އެކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާ ކަމަށް އަމުރުގައި ވެ އެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި އޭނާގެ ބަންދުގެ ލޮގަށް ބަލާއިރު ކުށުގެ ތުހުމަތުގައި 29 ފަހަރަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 18 ފަހަރު ބަންދަށް ބަދަލުކުރި އެވެ. އެ މީހާ ކޮށްފައިވާ ކުށްތަކުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް ކޯޓު އަމުރުފައިވެ އެވެ.
އަންހެން ހެދުން އަޅައިގެން ވައްކަންކޮށްފި
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ފަށް ޖަހައިގަތް މީހާގެ ބަންދަށް ހަތް ދުވަސް
އޮޅުވާލައިގެން ގެންގޮސް ފޭރުނު މައްސަލާގައި ދައުވާކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު