Roadha Mihaaru

އައްޑޫ ސްޕާއެއްގައި ހަށިވިއްކަން އުޅުނު ދެ މީހަކު އަތުލައިގެންފި

އައްޑޫގައި، ސްޕާއެއްގެ ހުއްދައިގެ ދަށުން ހިންގި ތަނެއްގައި ހަށިވިއްކަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އައްޑޫގައި ހަށިވިއްކަން އުޅުނު ދެ މީހަކު އަތުލައިގެންފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ޖުލައި 2025

އައްޑޫގައި، ސްޕާއެއްގެ ހުއްދައިގެ ދަށުން ހިންގި ތަނެއްގައި ހަށިވިއްކަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

"ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ''ގެ ނަމުގައި އެ ތަން ހިންގަމުން ދިޔައީ ސ. މީދޫގަ އެވެ.

ފުލުހުން ބުނީ އެ ތަނުގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ސ. މަރަދޫ، އާބާދީމަންޒިލް، ނަވާލް ހުސައިން 25، އާއި ތައިލެންޑަށް ނިސްބަތްވާ، ތައިޔޮންލައްޑާ ސުކްސުވަންގް 36 އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް ވަނީ 15 ދުވަހަށް ބަންދު ކޮށްފަ އެވެ.

މާލެ އާއި ރާއްޖޭގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ. އަދި އެކަންކުރާ ބިދޭސީ މީހުން ދަނީ އެ މީހުންގެ ފޮޓޯ އާއި ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.

އެ ގޮތަށް ހިންގާ ސްޕާތައް ހުއްޓުވަން ދޭތެރެދޭތެރެ އިން އޮޕަރޭޝަންތައް ވެސް ހިންގަ އެވެ.