19 ފެބުރުއަރީ 2022
ހިއުމަން ޓްރެފިކިންގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މީހާގެ ފޯނުން، މި މައްސަލާގައި އަނިޔާ ލިބިފައިވާ މީހުން ރާއްޖޭން ބޭރުން ގެނައުމުގަ އާއި އެ މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގައި ބައިވެރިވެރިވެފައިވާ ކަމަށް ބެލެވޭ ހެކި ލިބިފައިވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
ހިއުމަން ޓްރެފިކިންގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މީހާގެ ފޯނުން، މި މައްސަލާގައި އަނިޔާ ލިބިފައިވާ މީހުން ރާއްޖޭން ބޭރުން ގެނައުމުގަ އާއި އެ މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގައި ބައިވެރިވެރިވެފައިވާ ކަމަށް ބެލެވޭ ހެކި ލިބިފައިވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
މީގެ މަސް ދުވަސް ކުރިން ހައްޔަރުކުރި އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު ކިޔާ މި މީހާގެ އިތުރުން މައްސަލާގައި ހިމެނޭ 55 އަހަރުގެ މީހެއް ކަމަށްވާ މޫސާ ފަތުހީގެ ބަންދަށް ވެސް މިއަދު ވަނީ އިތުރު 10 ދުވަސް ދީފަ އެވެ.
މި މައްސަލާގައި ދެން ހިމެނެނީ ފުލުހަކާއި ބިދޭސީއެކެވެ. މި ދެ މީހުން ވެސް ތިބީ ބަންދުގަ އެވެ.
މި މައްސަލާގައި ހިމެނޭ މީހުންގެ ބަންދާ މެދު ގޮތް ނިންމައި މީގެ ކުރިން ނެރެފައިވާ އަމުރުތަކުން އެނގޭ ގޮތުގައި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވީ މީހުންނަށް ޖިންސީ އަދި ނަފްސާނީ އަނިޔާ ވެސް ލިބިފައިވެ އެވެ.
މުހައްމަދު ވަހީދުގެ ދިފާއުގައި ވަކީލުން ކޯޓުން ބުނެފައި ވަނީ އޭނާ އަކީ އުމުރުން ދުވަސްވީ އަދި ސިއްހީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށާއި އޭނާ އަށް ބޭނުންވާ ފަރުވާ ނުލިބޭ ކަމަށެވެ. ޖަލަކީ އޭނާ ފަދަ މީހަކު ބަހައްޓަން އެކަށީގެންވާ މާހައުލެއް ނޫން ކަމަށާއި، ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްލަން ވެސް އެދުނެވެ.
ފުލުހުން ކޯޓުގައި ބުނެފައި ވަނީ އޭނާ އަކީ އުމުރުން ދުވަސްވެ، ސިއްހީ މައްސަލަތަކެއް ހުރުމުގެ ފުރުސަތު އޮތް މީހަކަށް ވާތީ، އޭނާ އަށް ދޭން ޖެހޭ އެންމެހާ ފަރުވާތައް ދެމުން އަންނަ ކަމަށެވެ.
އެކަމަކު، އެ އަމުރުގައި ބުނެފައި ވަނީ އެ މީހާ އަށް ސިއްހީ ފަރުވާ ލިބެމުން އަންނަ ގޮތް އެނގޭނެ ފަދަ ލިޔެކިޔުންތަކެއް އެ ޝަރީއަތަށް ހުށަހަޅާފައި ނުވާތީ، އޭނާ އަށް ބޭސްފަރުވާ ލިބޭކަން ނުވަތަ ނޫން ކަން ކަނޑައެޅިފައި ނުވާ ކަމަށެވެ. އެހެންވެ، ދެން އޮންނަ އަޑުއެހުމަކަށް ދެ ފަރާތުން ސިއްހީ ކަންކަމާއި ބޭސްފަރުވާއާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަ އިތުރުވެފައިވާއިރު، ރާއްޖެ ހިމެނެނީ ވަޒީފާގެ ނަމުގައި އޮޅުވާލައިގެން މީހުން ގެންނަ ގައުމުތަކުގެ ތެރޭގަ އެވެ. އެހެންވެ ހިއުމަން ޓްރެފިކިންގެ އެންމެ ގޯސް އެއް ގައުމުގެ ގޮތުގައި ރާއްޖެ ވަނީ ލޭބަލް ވެފަ އެވެ. މިކަމުން އަރައިގަތުމަށް ރާއްޖޭގައި ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ސަރުކާރުން ވަނީ އެކްޝަން ޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ.
ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް
ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
ތޫނު ހަތިޔާރުން ހަމަލާދޭ މީހާ އަނެއްކާ ހައްޔަރުކޮށްފި
33 އަހަރުގެ މީހަކު 100ވަނަ ފަހަރަށް ހައްޔަރުކޮށްފި
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
އެމްބަސީ ކައިރީގައި މުޒާހަރާކުރި މީހުން ބަންދަށް
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކޮށްފި
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް
ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރަން ފަށައިފި