Roadha Mihaaru
ކްލިނިކުގައި ހަށިވިއްކި މީހުން ބަންދަށް

ދިވެހި ބޭސް ކްލިނިކުގައި ހަށިވިއްކަނިކޮށް ހައްޔަރުކުރި މީހުން ބަންދަށް

13 އޮކްޓޯބަރ 2023

މާލޭގެ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންނަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިއްޔެ ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންނަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިއްޔެ ދީފި އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއް އަދި 41 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ.

ކްރިމިނަލް ކޯޓުން ވަނީ 35 އަހަރުގެ އަންހެން މީހާ އަށާއި 41 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ދީފަ އެވެ. އެ އަންހެން މީހާ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ކޯޓު އަމުރުގައިވެ އެވެ.

އެ މައްސަލާގައި ހިމެނޭ 44 އަހަރުގެ އަންހެން މީހާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ. އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނީ އޭނާ ހައްޔަރު ކުރި އިރު ފުލުހުން އަމަލު ކުރި ގޮތާ ގުޅިގެން ވަކީލުންގެ ފަރާތުން މަޝްވަރާކުރުމަށް ބޭނުންވާ ކަމަށް ބުނުމުން ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

މާލޭގައި ހަށިވިއްކުން އާންމުންވެ އާންމުންގެ ފާޑުކިޔުން ކަމާބެހޭ އިދާރާތަކަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. ފުލުހުން އަންނަނީ އެކި ފަހަރު މަތިން އޮޕަރޭޝަންތައް ހިންގައި ހަށިވިއްކާ ތަންތަން ރެއިޑް ވެސް ކުރަމުންނެވެ.