މާލޭގައި ސިލްސިލާ މާރާމާރީތައް ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފަސް މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
މާލޭގައި ސިލްސިލާ މާރާމާރީތައް ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފަސް މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
އެ މީހުން ދޫކޮށްލީ ތަހުގީގު ބޭނުމަށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުންނެވެ. މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި ދޫކޮށްލި ފަސް މީހުންގެ ތެރޭގައި ނުރައްކާތެރި ކުށްތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުން ވެސް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި މާލޭގައި މިހާރު މާރާމާރީތައް ހިންގަމުން ދަނީ ދެ ގޭންގެއްގެ ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
އެ ސިލްސިލާ މާރާމާރީގެ ތެރެއިން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗު ކައިރިން މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި މައްސަލާގައި ހިމެނޭ އިސް މީހަކު ފިލައިގެން މެލޭޝިއާ އަށް ދިއުމުން، އެ ގައުމަށް އެތެރެވިޔަ ނުދީ ހުއްޓުވުމަށް ފަހު މިއަދު ހެނދުނު ފުލުހުން ވަނީ ރާއްޖެ ގެނެސްފަ އެވެ.
ފުވައްމުލަކު، ބަނަފްސާގޭ ހުސައިން އަރީޝް، 31 ފުރައިގެން ދިޔައީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރު ހޯދާފައި ވަނިކޮށް ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ހައްޔަރުކުރި އަރީޝް.
އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރުމަށް ފަހު، ފުލުހުން ބުނީ އެއީ ނުރައްކާތެރި ކުށްތައް ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ ނުރައްކާތެރި މީހެއް ކަމަށެވެ. އަދި އެއީ މާފަންނުގައި އޮޕަރޭޓްކުރާ ގޭންގެއްގެ އިސް މީހެކެވެ.
އަރީޝްގެ ކުށުގެ 26 ރެކޯޑެއް އޮންނަ ކަަމަށް ފުލުހުން ބުންޏެވެ. އެއީ:
1- މާރާމާރީގެ 15 ރެކޯޑެއް
2- މަސްތުވާތަކެތީގެ ހަ ރެކޯޑެއް
3- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑެއް
4- ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެއް.
ހުޅުމާލޭގެ ރެހެންދި ޓާފް ދަނޑު ކައިރިން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު، ފިލަން މާލެ އަންނަނިކޮށް ވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހުޅުމާލޭގެ ޓާފް ދަނޑު ކައިރިން މީހަކަށް ކޯރާޑިއަކުން ހަމަލަދިން މަައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން: މީގެ ތެރެއިން ސައިފުﷲ ބަންދު ކޮށްފައި ވަނީ ތަހުގީގާއި ޝަރީއަތް ވެސް ނިމެންދެން.
ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ކޯރާޑިއަކުން ހަމަލާދިން އެ މައްސަލާގައި ހައްޔަރުކުރީ ގދ. ފިޔޯރީ، ހީނާމާގޭ ރުސްތުމް އިބްރާހިމް، 25 އާއި ބ. ގޮއިދޫ ފިނިފެންމާގޭ ސައިފުﷲ ފައިސަލް، 19 އެވެ. އޭގެ ތެރެއިން ސައިފުﷲ ބަންދުކުރީ އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް ނިމެންދެންނެވެ. ރުސްތުމްގެ ބަންދަށް މި މަހުގެ 10 ގައި ކޯޓުން ދިނީ ތިން ދުވަހެވެ.
ދެ ގޭންގެއްގެ ދެމެދުގައި މާރާމާރީ ހިންގާ ސަބަބެއް އަދި ފުލުހުން ނުބުނެ އެވެ.
މާރާމާރީތައް މި ދުވަސްކޮޅު އިތުރުވާތީ، ހެލްމެޓް އެޅުން ލާޒިމް ނޫން ތަންތަނުގައި ހެލްމެޓް އަޅައިގެން ތިބޭ މީހުންގެ ތެރެއިން ޝައްކުވާ މީހުންނާ ސުވާލުކޮށް ފާސްކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 8 މީހަކު ދޫކޮށްލައިފި
މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
އެއާޕޯޓްގައި މާރާމާރި ހިންގި މީހާ ކޯޓުން ދޫކޮށްލައިފި
ދަނޑުގެ މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރު