30 ޖޫން 2024
މީގެ ހަ އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި މުހިންމު ހެއްކެއް ކަމަށްވާ ފުލުހުންގެ ވީޑިއޯ ފުޓޭޖްތައް ފުލުހުންގެ އަތުން ގެއްލުމުން އެ މައްސަލާގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ.
މީގެ ހަ އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި މުހިންމު ހެއްކެއް ކަމަށްވާ ފުލުހުންގެ ވީޑިއޯ ފުޓޭޖްތައް ފުލުހުންގެ އަތުން ގެއްލުމުން އެ މައްސަލާގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ.
ސެޕްޓެމްބަރު، 2017 ގައި ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ހަތަރު މީހެއްގެ މައްޗަށެވެ.
އޭގެ ތެރެއިން ދެ މައްޗަށް މީހަކަށް ނުރައްކާތެރި ހާނިއައްކައެއް ވާ ގޮތަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އަދި ތިން ވަނަ މީހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ކުރިއިރު ހަތަރު ވަނަ މީހާގެ މައްޗަށް މާރާމާރީ ހިންގަން އުޅުމުގެ ދައުވާ އެވެ. އަދި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ އިތުރު ދައުވާއެއް އޭގެ ތެރެއިން ތިން މީހުންގެ މައްޗަށް ކުރި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ލިބިފައިވާ އެންމެ މުހިންމު ހެއްކަކީ އެ ސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖްތައް ކަމަށެވެ. އެގޮތުން ހަމަލާ ދިނުމަށްފަހު އެތަނަށް މީހުން ދިޔަ މަންޒަރާއި އަދި ހަމަލާ ދިނުމަށްފަހު ހަތިޔާރު ހިފައިގެން އެތަނުން ނިކުތް މަންޒަރު ވެސް އެ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ވީޑިއޯ ފުޓޭޖްތައް ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަހުގީގު ރިޕޯޓުގައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ފުޓޭޖްތަކުގެ ބެކަޕް ނެގުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް ބުނެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ވީޑިއޯ ކޮމްޕެރިސަން ފުލުހުން ހަދާފައެއް ނުވެ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ކޯޓަށް ހާޒިރުކުރަން ގިނަ ފުރުސަތުތަކެއް ދިން ނަމަވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުންގެ ހެކިބަސް ލިބިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.
ފުލުހުންނަށް އިންޒާރު ދިން މީހާ ކޯޓުން ދޫކޮށްލައިފި
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
ފުލުހަކާއި އާއިލާއަށް ގޭންގަކުން ބިރުދެއްކިތޯ ބަލަނީ
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި