އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލި މައްސަލާގައި މިއަދު ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ދީފި އެވެ.
13 ފެބުރުއަރީ 2025
އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލި މައްސަލާގައި މިއަދު ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ދީފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީ އަށް ފަހު، ފުވައްމުލަކު، ބަނަފްސާގޭ ހުސައިން އަރީޝް، 31، މިއަދު ހެނދުނު ހައްޔަރުކުރީ އޭނާ މެލޭޝިއާއަށް އެތެރެވުން ހުއްޓުވުމަށް ފަހު، އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ހައްޔަރުކުރަން ކޯޓު އަމުރެއް ހޯދާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ މައްޗަށް ކުރެވެނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.
ކޯޓުގައި އަރީޝް ބުނެފައިވާ ގޮތުގައި އިރެއްގައި ކުށުގެ ވެށީގައި އުޅުނަސް، ކުށްތަކާ ދުރުގައި އުޅޭތާ ފަސް އަހަރު ވަނީ ވެފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އަކީ މިހާރު އާއިލާއާ އެކު ރީތި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ.
މައްސަލާގައި އެއްބާރުލުން ދޭނެ ކަމަށް ފާހަގަކޮށް، އަރީޝް ވަނީ ބަންދަށް ލުޔެއް ދިނުމަށް ވެސް ބަންދު މަޖިލީހުގައި އެދިފަ އެވެ.
ފުލުހުން ކޯޓުގައި ބުނި އަރީޗް އަކީ އެ މާރާމާރީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސިލްސިލާކޮށް މާރާމާރީ ހިންގަމުން އަންނަ ކަމަށާއި މިހާރު އެކަން ކުރަމުން ދަނީ ތޫނު ހަތިޔާރު ހިފައިގެން ކަމަށް ވުމުން ކޮންމެ މީހަކަށް ވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ޑްރަގާއި މާރާމާރީ ފަދަ މައްސަލަތަކުގެ 26 ރެކޯޑެއް އަރީޝްގެ އެބަ އޮތެވެ. އެއީ:
1- މާރާމާރީގެ 15 ރެކޯޑެއް
2- މަސްތުވާތަކެތީގެ ހަ ރެކޯޑެއް
3- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑެއް
4- ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެއް.
ފުލުހުން ތުހުމަތުކުރާ ގޮތުގައި މާފަންނުގެ ގޭންގެެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަރީޝްއަކީ ނުރައްކާތެރި ކުށްތައް ކުރުމުގެ އިސް މީހެެކެވެ.
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ގައްބަރޭ ބަންދުން ދޫކޮށްލައިފި
ތަހުގީގަށް ގައްބަރޭ 30 ދުވަހަށް ބަންދުކޮށްފި