މާލޭގައި ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
03 މެއި 2025
މާލޭގައި ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށްފަހު ހައްޔަރުކޮށްފައި ވަނީ އައިޝަތު ޝިމަން އަހުމަދާއި މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދެވެ.
އެ ދެ މީހުން ހައްޔަރުކޮށް ބަންދަށް ތިން ދުވަސް ޖެހީ އިއްޔެ އެވެ. ނަމަވެސް ފުލުހުން މިރޭ ބުނީ އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުންޏަސް، ބަންދުން ދޫކޮށްލި ސަބަބެއް ނުބުނެ އެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ އެ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސަރުކާރުން އިއްޔެ ވަނީ މާލޭގައި މުޒާހަރާ ކުރެވޭ ތަންތަން އިތުރުކޮށްފަ އެވެ. މީގެ ކުރިން ހުއްދަ ހޯދުމަކާއި ނުލައި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ. ނަމަވެސް މި ބަދަލާ އެކު، ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގައި މުޒާހަރާކުރަން ފުލުހުންގެ ހުއްދަ ބޭނުމެއް ނުވާނެ އެވެ.
ޒުވާނުންގެ މުޒާހަރާތަކުގައި އެމްޑީޕީން ބައިވެރިވަނީ
ހައްގުތައް ނުގެއްލޭ ގޮތަށް މުޒާހަރާކުރަން ގޮވާލައިފި
"ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ނޫނީ އެއްނުވެވޭނެ"
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެމީހުން ބަންދަށް
މާލޭގައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް އިތުރުކޮށްފި
"މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް"
ޒުވާނުންގެ މުޒާހަރާ ރޫޅާލައި، ދެ މީހަކު ހައްޔަރު
ޔުމްނުއަށް އިންސާފުހޯދަން ގޮވާލައި މިރޭ ވެސް ނުކުމެއްޖެ
ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާކުރަނީ
މާޒް ސަލީމް ފުލުހަށް ހާޒިރުވާން އަންގައިފި