މާލޭގައި ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ރޭ ހައްޔަރުކުރި ދެ މީހުން ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
02 މެއި 2025
މާލޭގައި ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ރޭ ހައްޔަރުކުރި ދެ މީހުން ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ރޭގެ މުޒާހަރާ ރޫޅާލުމަށްފަހު ހައްޔަރުކޮށްފައި ވަނީ އައިޝަތު ޝިމަން އަހުމަދާއި މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް މިއަދު އިތުރުކޮށްފަ އެވެ.
ފުލުހުން އިއްޔެ ބުނީ އުމުރުން 28 އަހަރުގެ މަހުޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އުމުރުން 19 އަހަރުގެ ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ވެސް ބުންޏެވެ.
އެ ދެމީހުން ހައްޔަރުކުރީ ރޭ 8 ފެށިގެން ކުރިއަށް ގެންދިޔަ އެ މުޒާހަރާ 12 ޖަހަނިކޮށް ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިންނެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ.
މަހުޒޫމާއި ޝިމަން ހައްޔަރުކުރީ ފުލުހުން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނިގޮތުގައި، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަހުން އެކި ރޭރޭ މަޖީދީމަގުގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު ބަންދުކޮށްގެން ތިބެ މުޒާހަރާ ކުރާއިރު، އޭގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާ ކަމުގެ ޝަކުވާ މެދުނުކެނޑި އެ އިދާރާއަށް ދަނީ ލިބެމުންނެވެ.
ތިންމީހަކު ބަންދުން ދޫކޮށްލީ ރޭގަނޑު ގޭބަންދުވާ ގޮތަށް
ހަމަނުޖެހުމުން ހައްޔަރުކުރި 4 މީހެއްގެ ބަންދަށް ދެމަސް
މޭޑޭގެ ގައިދީއަކު 7 އަހަރުގެ ހުކުމުން ސަލާމަތްވެއްޖެ
މަހުލޫފްގެ ބަންދަށް ފަސް ދުވަސް
އެއްބަޔަކު ޖަލަށް، އަނެއް ބަޔަކު ގޭބަންދަށް
ހައްޔަރުކުރި ނައީމާއްތަ އާއި އެހެން މީހުން ދޫކޮށްލައިފި
ސައުދު ހައްޔަރުކުރުމުން ވިލިނގިލީގައި މުޒާހަރާކޮށްފި
މައުމޫންގެ ސުވާލެއް ސަރުކާރަށް
ކޯޓު ދޮށަށް އެއްވި މީހުން ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފި
ނިޔާޒް ހައްޔަރުކުރީ ޕާޓީގެ ހިންގުމަށް ހުރަސް އެޅުމަށް