ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމާ ގުޅިގެން އެ ސަރަހައްދަށް އެއްވި މީހުންގެ ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި އެވެ.
19 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމާ ގުޅިގެން އެ ސަރަހައްދަށް އެއްވި މީހުންގެ ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން، އިއްޔެ ހައްޔަރު ކުރި ފާރިސްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމާ ގުޅިގެން، މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މިނިސްޓަރުންނާއި އާންމުންގެ ބަޔަކު ކޯޓު ދޮށަށް އެއްވެ، ފާރިސް ވަގުތުން ދޫކޮށްލުމަށް ގޮވާލައި އަޑު އުފުލި އެވެ.
އެއާއެކު، ފުލުހުން ވަނީ ކޯޓު ދޮށަށް އެއްވެ ތިބި މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ފަހަތަށް ޖައްސައިފަ އެވެ. ޕެޕާ ސްޕްރޭގެ އަސަރު ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނަށް ވެސް ކުރި އެވެ.
އެއްވި މީހުން ކްރިމިނަލް ކޯޓުގެ ކުރިމަތީ ތިއްބައި ފުލުހުން ވަނީ ކެނދިގަސް މަގާއި ބޮޑުތަކުރުފާނު މަގު ގުޅުނު ކަންމައްޗާ ހަމައަށް އެ މީހުން ފަހަތަށް ޖައްސައިފަ އެވެ.
ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އެކަމަކު އެ ތުހުމަތުތަކަށް ފާރިސް އިންކާރު ކުރައްވަ އެވެ.
ފާރިސް ހައްޔަރު ކުރުމާ ގުޅިގެން ބައެއް ގައުމުތަކާއި ސިޔާސީ އިދިކޮޅު ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ފުލުހުން ބުނީ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި މެމްބަރުންނަށް ފާރިސް ރިޝްވަތު ދިން ކަމުގެ ހެކި ހުރި ކަމަށެވެ.
އެ މައްސަލާގައި ފާރިސް ހައްޔަރު ކުރިއިރު ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެމީހުން ބަންދަށް
ތިންމީހަކު ބަންދުން ދޫކޮށްލީ ރޭގަނޑު ގޭބަންދުވާ ގޮތަށް
ހަމަނުޖެހުމުން ހައްޔަރުކުރި 4 މީހެއްގެ ބަންދަށް ދެމަސް
"ފާރިސްގެ ފޯނު ދެވަނަ ފަހަރަށް ހިފެހެއްޓީ ގޯސްކޮށް"
ފާރިސް ދެވަނަ ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓު
ފާރިސް ބަންދުގައި ބެހެއްޓީ ގޯސްކޮށް: ހައި ކޯޓް
ފާރިސް ދެވަނަ ފަހަރަށް ހައްޔަރުކުރި އަމުރަށް ތާއީދު
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
ފާރިސްގެ ރިޝްވަތުގެ މައްސަލަ ބޭރުކޮށްލައިފި
މޭޑޭގެ ގައިދީއަކު 7 އަހަރުގެ ހުކުމުން ސަލާމަތްވެއްޖެ