މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާ ފުލުހުން މިރޭ ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާ ފުލުހުން މިރޭ ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓި، އަނިޔާތަކެއް ލިބުނު ޔުމްނުގެ މައްސަލާގައި ޒުވާނުން މުޒާހަރާ ފެށީ ފުލުހުންގެ ތަހުގީގުގައި ގޯސްތަކެއް ހެދި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އިންސާފު ހޯދައިދޭން ގޮވާލައި ފެށި މުޒާހަރާތަކަށް ފުލުހުން ކުރިން ފުރުސަތު ދިން ނަމަވެސް މިރޭ 12 ޖަހަން އުޅެނިކޮށް ފުލުހުން ވަނީ މުޒާހަރާ ރޫޅާލައި ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
މުޒާހަރާ ރޫޅާލުމުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރި އެވެ.
މިރޭ އަށެއް ޖެހިއިރުން ފެށިގެން މުޒާހަރާ ކުރިއަށް ގެންދިޔައިރު، ފެނުނު އެއްކަމަކީ މަގުގެ މެދުގައި ޓީޓީ މޭޒެއް ބަހައްޓައިގެން ޓީޓީ ކުޅެމުން ދިޔަ ތަނެވެ. އަދި ކެރަމް ފަދަ ކުޅިވަރުތައް ވެސް މުޒާހަރާ ކުރިއަށް ގެންދިޔައިރު ކުޅެމުން ދިޔަ އެވެ. ވަކި ހިސާބަކުން ބާރަށް ލަވަ ޖަހަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ. އޭގެ އިރުކޮޅެއް ފަހުން ދެން ފެނުނީ މުޒާހަރާ ރޫޅާލަން ފުލުހުން ނުކުތް ތަނެވެ.
ޔުމްނުގެ މައްސަލާގައި ފުލުހުންނަށް އަމާޒުވި ތުހުމަތުތަކާ ގުޅިގެން އެކަން ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
ޔުމްނުގެ މައްސަލާގައި، އޭނާއެކު އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އިތުރު ބައެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
ޔުމްނުއަށް އިންސާފު ހޯދަން ޕޮލިސް ކައިރިއަށް އެއްވެއްޖެ
"މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް"
ޔުމްނުގެ ތަހުގީގުގައި ފުލުހުން ފަރުވާކުޑަ: ކޮމިޝަން
މަސްތުގެ ހާލަތުގައި ހިނގިކަންކަމުގެ ޒިންމާ ނަގަންޖެހޭނެ
"ޔުމްނު ވައްޓާލީއެއް ނޫން، ބެލެވެނީ ވެއްޓުނީ ކަމަށް"
ޔުމްނު ގެއަށް، އެކަމަކު ބަޔާން ދެވޭ ހާލަތަކަށް ނުދޭ
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސަށް
ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން