މިދިޔަ އޭޕްރީލް މަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާލިބުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
06 އޯގަސްޓް 2025
މިދިޔަ އޭޕްރީލް މަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާލިބުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޔުމްނު، 21، ވެއްޓުނު މައްސަލައިގައި އޭނާގެ ބަޔާން ނެގުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު އޭނާއަށް މިހާރު ފަރުވާދެނީ މެލޭޝިއާގަ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޔުމްނު މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު އެ ގައުމުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި އޭނާގެ ބަޔާން ނަގަން ތައްޔާރުވި ނަމަވެސް، ތަހުގީގަށް އެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެހެންވެ، މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމާއެކު ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު ބުންޏެވެ.
އެކަމަކު، ފުލުހުން އޮފިޝަލް މިއަދު ވިދާޅުވީ މެލޭޝިޔާގައި ތިބި ދިވެހި ފުލުހުން އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށާއި އެ ގައުމުގެ ފުލުހުންގެ އެހީތެރިކަމާއެކު ވެސް ބަޔާން ނެގިފައިނުވާ ކަމަށެވެ.
އެ ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ފުލުހުން ބުނާ ރައުދު ހައްޔަރުކޮށް، އެކި ފަހަރު މަތިން އޭނާ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ. އެކަމަކު މައްސަލަ ތަހުގީގުކުރުމަށް ފަހު މިހާރު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
އެ މައްސަލާގެ ތަހުގީގުގައި ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްްސަ ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވި އެވެ. އެ ކޮމިޝަނުން ވެސް ނިންމާފައިވަނީ ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފަ އެވެ. ނަމަވެސް ޔުމްނު ގަސްދުގައި ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށް އެ ކޮމިޝަނުން ވެސް ނިންމާފައިވެ އެވެ.
ޔުމްނު މައްސަލަ:ރިޔާސީ ކޮމިޝަން އުވާލައްވައިފި
ޒުވާނުންގެ މުޒާހަރާއާ ގުޅިގެން ދެ މީހުންނަށް ދައުވާ
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސަށް
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
ރައުދު ބަންދުން ދޫކޮށްލައިފި
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
އާ އަމުރެއްގެ ދަށުން ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި
މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނަގަނީ
ރައުދު ބަންދުން ދޫކޮށްލައިފި