Roadha Mihaaru

މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް: ފުލުހުން

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ބުނެފި އެވެ.

"މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް"

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ބުނެފި އެވެ.

ރޭގެ އަށެއް ޖެހިއިރު ހެންވޭރު ޕޮލިސް ކައިރިން މަޖީދީ މަގުގައި ފެށި މުޒާހަރާ 12 ޖަހަން އުޅެނިކޮށް ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަނީ ރޫޅާލައި ދެ މީހަކު ހައްޔަރުކޮށްފަ އެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ.

މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރީ ނ. ކުޑަފަރި، ބަގީޗާގޭ އަބްދުﷲ މަހުޒޫމް މާޖިދު، 28 އާއި މ. ހަސްތީ، އާއިޝަތު ޝިމަން އަހުމަދު، 19 ކަމަށް ފުލުހުން ބުންޏެވެ. މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުުލުހުން ބުނިގޮތުގައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ. ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަހުން އެކި ރޭރޭ މަތިން މަޖީދީ މަގުގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު ބަންދު ކޮށްގެން ތިބެ މުޒާހަރާ ކުރާއިރު، އޭގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާ ކަމުގެ ޝަކުވާ މެދުނުކެނޑި ލިބޭ ކަމަށެވެ.

"މި އިހުތިޖާޖުގައި، މަޖީދީ މަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ދިއުމާ ގުޅިގެން މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވާނެ އެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، މާދަމާއަކީ އޯ ލެވެލް އިމްތިހާނުގެ ޓެސްޓަކަށް ގިނަ ދަރިވަރުންތަކެއް ހާޒިރުވާން ޖެހޭ ދުވަހެކެވެ. އަދި ރޭގެ މުޒާހަރާ ރޫޅާލީ ގާނޫނީ އިންޒާރު ދިނުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.

ޒުވާނުންގެ މުޒާހަރާތަކަށް މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ފުރުސަތު ދީފައިވާއިރު، ރޭ ފެނުނީ މަޖީދީ މަގުގެ މެދުގައި ޓީޓީ މޭޒެއް ބަހައްޓައިގެން ޒުވާނުންތަކެއް ޓީޓީ ކުޅެމުން ދިޔަ ތަނެވެ. އަދި ކެރަމް ފަދަ ކުޅިވަރުތައް ވެސް މުޒާހަރާ ކުރިއަށް ގެންދިޔައިރު ކުޅެމުން ދިޔަ އެވެ. ދޭތެރެދޭތެރެއިން ސްޕީކަރުން ބާރަށް ލަވަ ޖަހަމުން ދިޔަ އެވެ.

ހެންވޭރު ޕޮލިސް ކައިރީގައި އެހެން ރޭތަކާ ހިލާފަށް މަދު ބަޔަކާ އެކު ބޭއްވި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލުމުން އޭގެ ތެރެއިން ބައެއް މީހުން މާލޭގެ އެހެން ހިސާބުތަކަށް އެއްވެ ރޭ އަޑުގަދަކުރި އެވެ.

އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު މައްސަލަ ފުލުހުން ކުރާ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް ފެންމަތި ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައި އެ ތަހުގީގާ ގުޅޭ ކަންކަން ކުރަން އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފަ އެވެ.