އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިން މަޖީދީމަގު ބަންދުކޮށް، މުޒާހަރާގެ ނަމުގައި ޓޭބަލް ޓެނިހާއި ކެރަމް އަދި މިއުޒިކް ކުޅެމުން ދިޔަ އެއްވުން ރޫޅާލައި، އެކަމުގައި އިސްކޮށް އުޅުނު ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ޑިމޮކްރެޓްސް ޕާޓީގައި ކުރިން ހަރަކާތްތެރިވި އައިޝަތު ޝިމަން އަހުމަދާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދެވެ.
ފުލުހުން ބުނީ އުމުރުން 28 އަހަރުގެ މަހުޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އުމުރުން 19 އަހަރުގެ ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.
ރޭގެ އަށެއް ޖެހިއިރުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާ 12 ޖަހަން އުޅެނުކޮށް ފުލުހުން ރޫޅާލިތާ މާ ގިނައިރުތަކެއް ނުވަނީސް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ދެ ޒުވާނުން ހައްޔަރުކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަ ސްޕްރޭ ޖަހާފައިވާތީ، އިދިކޮޅު ޕާޓީން ނެރުނު ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
އެ ޕާޓީން ބުނީ އެއްވެއުޅުމުގެ މިނިވަންކަމަކީ އެ ޕާޓީން ކޮންމެ މީހަކަށް ގާނޫނު އަސާސީން ފަހިކޮށްދީފައިވާ ހައްގެއް ކަމަށެވެ. އެ ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަން ކުރާ މުޒާހަރާތައް އަނިޔާވެރިކަމާއެކު ރޫޅާލުމަކީ ސަރުކާރުން ގޮތް ހުސްވެގެން ހެދި ބޮޑު ގޯހެއް ކަމަށް ބުންޏެވެ.
"ޒުވާނުންގެ މުޒާހަރާތަކަށް ފުރުސަތު ދީ ފުލުހުން ބޭނުންކޮށްގެން އެ މުޒާހަރާތައް ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.
މުޒާހަރާ ރޫޅާލުމަށް ފަހު ނެރުނު ބަޔާނުގައި ފުލުހުން ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަހުން އެކި ރޭރޭ މަތިން މަޖީދީ މަގުގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު ބަންދު ކޮށްގެން ތިބެ މުޒާހަރާ ކުރާތީ އޭގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާ ކަމުގެ ޝަކުވާ މެދުނުކެނޑި ލިބޭ ކަމަށެވެ.
އެހެންވެ، ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މިއަދަކީ އޯ ލެވެލް އިމްތިހާނުގެ ޓެސްޓަކަށް ގިނަ ދަރިވަރުންތަކެއް ހާޒިރުވާން ޖެހޭ ދުވަހެކެވެ. އަދި ރޭގެ މުޒާހަރާ ރޫޅާލީ ގާނޫނީ އިންޒާރު ދިނުމަށް ފަހު ކަމަށް ބުންޏެވެ.
ޒުވާނުންގެ މުޒާހަރާތަކުގައި އެމްޑީޕީން ބައިވެރިވަނީ
"މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް"
ހަމަޖެހުން ގެނެވޭނީ އެންމެންގެ ވިސްނުމާއެކު: ފައިސަލް
މުޒާހަރާތަކާ ގުޅިގެން ރާއީ، މޫކޭ ޕޮލިހަށް ހާޒިރުކުރަނީ
އެއްވެ އުޅުމުގެ ހައްގު ހިމާޔަތް ކުރާނެކަން ފެނިއްޖެ
އެމްޑީޕީން މި މަހު 31 ގައި އެއްވުމެއް ބާއްވަނީ
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ވަހީދުގެ ކެރުންތެރިކަން އެމްޑީޕީއަށް އެނގޭނެ: އިދިކޮޅު