ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލާއިރު، ކުރެހުން ހުށަހެޅުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވި އެވެ.
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލާއިރު، ކުރެހުން ހުށަހެޅުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހަޅާއިރު، ފާސްކޮށްފައިވާ ކުރެހުމެއް ހުށަހަޅަން ކަނޑައަޅާފައިވަނީ ބޭންކުތަކުން އެ ގޮތް ބޭނުންވެގެން ކަމަށެވެ.
އެކަމަކު، މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ، ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިންނިއަރިން އާއި އާކިޓެކްޓް ސްޓޭމްޕް ޖަހާފައިވާ ނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެ ވާހަކަ ދަންނަވަމެވެ،" އޭނާ އެކްސްގައި ވިދާޅުވި އެވެ.
• ލޯނު ދޭނީ ފަސް ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި.
• ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ.
• ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށް.
• ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބޭނެ.
އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހައުސިން މިނިސްޓްރީއާ އެކު، މި ފައިނޭންސް ސްކީމްގައި މަސައްކަތް ކުރަނީ ބީއެމްއެލްގެ އިތުރުން އެޗްޑީއެފްސީ އާއި އެމްއައިބީ އިންނެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކަށް ހިޔާވަހި ފައިލޭންސިންގެ ލޯނު ދޫކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ، މާލޭގައި ނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށާއި އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށެވެ. އެއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް ލޯނު ނެގޭނެ ފުރުސަތެކެވެ.
ހިޔާވެހި ސްކީމްގެ ލޯނުތައް އަންނަ މަހު ދޫކުރަން ފަށަނީ
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
ހިޔާވެހި ސްކީމް: 2،200 މީހުން ލޯނަށް އެދެފި
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ހަވާލުކުރަނީ
ހިޔާވަހި ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓް ހުރި މީހުންނަށް ނުލިބޭނެ ކަން އަންގަން ފަށައިފި
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން