ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ލޯނަށް އެދި 2،200 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި އެވެ.
02 ޖޫން 2025
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ލޯނަށް އެދި 2،200 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި އެވެ.
"ހިޔާވެހި" ސްކީމްގެ ލޯނަށް އެދުމަށް ދިން މުއްދަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހަށެވެ.
ހައުސިން މިނިސްޓްރީން މިއަދު "މިހާރު" އަށް ބުނީ އެ ލޯނަށް އެދުމަށް ދިން މުއްދަތު ހަމަވިއިރު ޖުމްލަ 2،256 މީހަކު ލޯނަށް އެދިފައިވާ ކަމަށެވެ.
އެ ސްކީމުގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޫކުރެ އެވެ. އެއީ؛
• ރަށްވެހި / ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް
• ސަހަރު / އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް
• ފަހިމާލެ / މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމް
ހައުސިން މިނިސްޓްރީން ބުނީ އެންމެ ގިނަ ފޯމު ލިބިފައި ވަނީ ރަށްވެހި ކެޓަގަރީން ކަމަށެވެ. އެ ކެޓަގަރީގެ ދަށުން 1،329 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ. ސަހަރު ކެޓަގަރީން 586 މީހަކު އަދި ފަހިމާލެ ކެޓަގަރީން 341 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ.
ބީއެމްއެލް އާއި އެޗްޑީއެފްސީ އަދި އެމްއައިބީއާއެކު ކުރިއަށް ގެންދާ މި ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ. އަދި އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ މީހުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.
ނަމަވެސް، އާބަން ސަރަހައްދުތަކުގެ ލޯނު ނަގާ މީހުން އިކުއިޓީއަށް ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ މީހުން އިކުއިޓީގެ ގޮތުގައި 10 ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ވައުދު ފުއްދުވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އަދި މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން
ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ހަވާލުކުރަނީ
ހިޔާވަހި ސްކީމަށް ފަހުން ކުރެހުން ހުށަހެޅޭ ގޮތް ހަދަނީ
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނަން: މިނިސްޓަރު
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް