ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ އަށް ގޮސް އެ ކަމަށް ހައްލެއް ހޯދަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
09 ޖުލައި 2025
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ އަށް ގޮސް އެ ކަމަށް ހައްލެއް ހޯދަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު ގޯތި ލިބުނު މީހުން ދަނީ އާ އެއްބަސްވުމުގައި ސޮއި ކުރަން ދެކޮޅު ހަދަމުންނެވެ.
އެ މައްސަލާގައި ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވިޔަސް އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު އެ ތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ.
އެކަމަކު ހައުސިން މިނިސްޓްރީން މިއަދު ބުނީ، އެ މީހުންގެ މެދުގައި ނެގި ގުރުއަތުން ހައްގުވާ ޕްލޮޓު ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، އޭގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަން ފާހަގަވާ ކަމަށެވެ.
ބިމާ ބެހޭ ގާނޫނުގައި އޮންނަނީ އެ މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވޭނީ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އއިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުމުންކަމަށް ޝަރުތު ކޮށްފަ އެވެ،
ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތު ކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ކުޑަ ގޯތިތައް އެކަންޏެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި، އެގޮތަށް ޝަރުތު ކޮށްފައި ވަނިކޮށް، ހުޅުމާލެ އިން ހަވާލުކުރި ގިނަ ގޯތިތައް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެހެންވެ، ހަމައެކަނި ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެެވެ.
"ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކާ ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ،" ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
އެ މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި މެއި 30، 2025 ގައި ކުރިއަށް ގެންދިޔަ ގުރުއަތުން މީހުންނަށް ލިބުނު ގޯތި ހަވާލުކުރުން އަވަސް ކުރުމުގެ ގޮތުން އާ ގޯތީގެ ރަޖިސްޓަރީ ނަމްބަރާއި ގޯތީ ނަމްބަރާއި ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން އެ މީހުންނާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހުކޮށް އާ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައިވާ ކަމަށެވެ.
މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގައި ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.
އެކަމަކު ގޯތީގެ އެއްބަސްވުމަށް ގެނައި ބަދަލާ އެކު، އޭގައި ސޮއި ނުކުރަން ގޮވާލަމުންދަނީ ރަޖިސްޓަރީ ހައްދައި ސޮއިކޮށްފައިވާ އެގްރީމަންޓްގެ ދަށުން ބައެއް މީހުންނަށް ބިން ނުލިބިދާނެ ހާލަތެއް ވެސް ކުރިމަތިވެދާނެތީ ކަމަށާއި އަދި އެގްރީމެންޓްތައް ބާތިލުކޮށް، މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ބިން ބަދަލުކުރުމުގެ ފުރުސަތު އޮތުމުން ކަމަށް ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން މި ހަފުތާގައި ވަނީ ބުނެފަ އެވެ.
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
4،000 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
ފްލެޓްތައް ދޫކުރާ ގޮތާ މެދު ޔޫނިއަންގެ ކަންބޮޑުވުން
ގުޅިފަޅުން ދޭ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިފި
ގޯތިތަކުގެ އެއްބަސްވުމަށް ބަދަލުގެނައީ ގާނޫނާ ފުށުއަރާތީ
ގުޅިފަޅު ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރަން ފަށަނީ
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން
ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
ހިޔާވެހި ސްކީމް: 2،200 މީހުން ލޯނަށް އެދެފި