Roadha Mihaaru

މޯލްޑިވިއަން އެއާލައިނުން ޝެންހާއިގެ ޑިޒްނީލޭންޑަށް ދަތުރެއް ދެނީ!

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް 25 އަހަރު ފުރުމާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ސޯޝަލް މީޑިއާ ގިވްއަވޭއެއް ފަށައިފި އެވެ.

މޯލްޑިވިއަން އިން ޑިޒްނީލޭންޑަށް ދަތުރެއް ދެނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

18 އެޕްރީލް 2025

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް 25 އަހަރު ފުރުމާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ސޯޝަލް މީޑިއާ ގިވްއަވޭއެއް ފަށައިފި އެވެ.

އެ ގިވްއަވޭގެ އެންމެ ބޮޑު އިނާމަކަށް ހުށަހެޅީ ދެ މީހަކަށް ޝެންހާއި ޑިޒްނީލޭންޑުގެ ދަތުރެކެވެ. ދެ ވަނަ އިނާމަކީ ޗައިނާގެ ދެކޮޅު ޓިކެޓެވެ. ތިން ވަނަ އަށް ހުށަހެޅީ މި މަހުގެ 27 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު މެލޭޝިއާ އަށް މޯލްޑިވިއަން އިން ކުރާ ހާއްސަ ދަތުރުގެ ދެކޮޅު ޓިކެޓެވެ. އެ ގިވްއަވޭގެ ހަތަރު ވަނަ އިނާމަކީ އިންޑިއާގެ ކޮޗިން ނުވަތް ޗެންނާއީގެ ދެކޮޅު ޓިކެޓެވެ. ފަސް ވަނަ އިނާމަކަށް ހުށަހެޅީ ރާއްޖޭގެ އެތެރޭގެ ބޭނުން މަންޒިލަކަށް ދިއުމަށް ބޭނުންވާ ދެކޮޅު ޓިކެޓެވެ.

މޯލްޑިވިއަންގެ ގިވްއަވޭ ޕޯސްޓު.

މޯލްޑިވިއަންގެ އަހަރީ ދުވަހާ ގުޅުވާ ކުރިއަށް ގެންދާ މި ގިވްއަވޭގައި މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ. ގިވްއަވޭގައި ބައިވެރިވެވޭނީ މޯލްޑިވިއަންގެ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް ޕޭޖު ފޮލޯކޮށް، ގިވްއަވޭ ޕޯސްޓަށް ތިން ރަށްޓެހިން ޓެގުކޮށް "Maldivian25Years#" ހޭޝްޓެގު ކޮމެންޓު ކޮށްގެންނެވެ.

އައިލެންޑު އޭވިއޭޝަނުން ހިންގާ މޯލްޑިވިއަންގެ ގިވްއަވޭ ޕޯސްޓު އެ ކުންފުނީގެ ފޭސްބުކް، ޓުވިޓާ އާއި އިންސްޓަގްރާމް ޕޭޖުން ފެންނާނެ އެވެ.