Roadha Mihaaru

އީދާ ދިމާކޮށް މޯލްޑިވިއަން އިން 111 ފްލައިޓް

ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން 111 ފްލައިޓް އަޅާނެ ކަމަށް ބުނެފި އެވެ.

އީދާ ދިމާކޮށް މޯލްޑިވިއަން އިން 111 ފްލައިޓް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

04 ޖޫން 2025

ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން 111 ފްލައިޓް އަޅާނެ ކަމަށް ބުނެފި އެވެ.

އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ، މޯލްޑިވިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް ވެސް މި މަހުގެ 1 އިން 9 އަށް ދަތުރުތައް އިތުރު ކޮށްފައިވާ ކަމަށެވެ.

މި ފަހަރުގެ ބޮޑު އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް އެންމެ ގިނަ ދަތުރުތައް ކުރަނީ ލ. ކައްދުއަށެވެ.

މޯލްޑިވިއަން އިން ކޮންމެ އީދަކާ ދިމާކޮށް ވެސް ޑިމާންޑަށް ބަލައި ދަތުރުތައް އިތުރު ކުރެ އެވެ. މިދިޔަ ފިތުރު އީދާ ދިމާކޮށް 30 ފްލައިޓު އިތުރަށް އެޅި އެވެ

އެ އެއާލައިނުން އަތޮޅު ތެރޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ. ރާއްޖޭގެ އިތުރުން ޗައިނާގެ ތިން ސިޓީއަކާއި އިންޑިއާގެ ތިން ސިޓީއެއްގެ އިތުރުން މެލޭޝިއާ އަށް ވެސް މޯލްޑިވިއަން އެއާލައިންގެ ދަތުރުތައް ވަނީ ފުޅާކޮށްފަ އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ދަތުރު ކުރަން ހާއްސަކޮށްފައިވާ ފަސް އޭޓީއާރް މަތިންދާބޯޓާއި 11 ސީޕްލޭން ހިމެނެ އެވެ.