Roadha Mihaaru
އީދު ބަންދަށް މޯލްޑިވިއަންގެ ފްލައިޓްތައް ފުލް!

އީދު ބަންދަށް މޯލްޑިވިއަންގެ ފްލައިޓްތައް ފުލް!

11 އޯގަސްޓް 2019

މިއަދު ފާހަގަކުރާ އަޟްހާ އީދާ ދިމާކޮށް، ގައުމީ އެއާލައިން މޯލްޑިވިއަންގެ ޖާގަ 95 ޕަސެންޓު ފުލް ވެފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިއަދު ފާހަގަކުރާ އަޟްހާ އީދާ ދިމާކޮށް، ގައުމީ އެއާލައިން މޯލްޑިވިއަންގެ ޖާގަ 95 ޕަސެންޓު ފުލް ވެފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް، ހުރިހާ ފްލައިޓްތަތަކެއްގެ ޖާގަ ފުލް ވެފައިވާއިރު، އެންމެ އަވަހަށް ވެސް ޖާގަ ލިބޭނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަންގެ ފްލައިޓުތަކަށް ބާރު ބޮޑުވެ، ޗެކިން ކައުންޓަރުތަކުގައި ކިޔޫ ބޮޑުވުމުގެ ސަބަބުން ކުރިން ޗެކިން ކުރުމަށް އެ އެއާލައިނުން ވަނީ އެދިފަ އެވެ.

މޯލްޑިވިއަނުން ރާއްޖޭގެ 10 މަންޒިލަކަށް ދަތުރު ކުރެ އެވެ. އެގޮތުން ދަރަވަންދޫ، ފުވައްމުލައް، ހަނިމާދޫ، އިފުރު، ކައްދޫ، ކޫއްޑޫ، ކާޑެއްދޫ، ކުޑަހުވަދޫ، ކުޅުދުއްފުށި އަދި އައްޑޫ ގަމަށް މޯލްޑިވިއަނުން ދަތުރުކުރެެ އެވެ.

ރާާއްޖޭގެ މަންޒިލްތަކަށް ގިނަ ފްލައިޓްތައް ފުލް ވެފައިވާއިރު ގިނަ އިންޓަނޭޝަނަލް ފްލައިޓްތައް ވެސް ވަނީ ފުލް ވެފަ އެވެ.