Roadha Mihaaru
މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް ބެންކޮކަށް

މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް އީދު ބަންދުގައި ބެންކޮކަށް

22 މެއި 2022

ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދަށް ރާއްޖޭގެ ގައުމީ އެއާލައިންގެ ހާއްސަ ފްލައިޓްތަކެއް ތައިލެންޑްގެ ބެންކޮކަށް ބާއްވާ ގޮތަށް ތާވަލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދަށް ރާއްޖޭގެ ގައުމީ އެއާލައިންގެ ހާއްސަ ފްލައިޓްތަކެއް ތައިލެންޑްގެ ބެންކޮކަށް ބާއްވާ ގޮތަށް ތާވަލުކޮށްފި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަސް ވަނީ ޖުލައި 9 އަށެވެ. އަދި އީދުގެ ބަންދަށް، ހަފުތާ ބަންދު ދުވަސްތަކާއެކު ނުވަ ވަރަކަށް ދުވަސް ލިބެ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ އީދަށް ހާއްސަ ފްލައިޓުތަކެއް ބެންކޮކަށް ތާވަލުކުރީ، އަންނަ މަހުގެ 19 ވަނަ ދުވަހު ބެންކޮކްގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ މެޗާ ވެސް ގުޅުވައިގެން ކަމަށެވެ. ރާއްޖެ އަކީ އެ ދެ ޓީމުގެ ވެސް ގިނަ ސަޕޯޓަރުންތަކެއް ތިބި ގައުމަކަށް ވެފައި، ރާއްޖެއާ ކައިރި ގައުމެއްގައި އެ ވަރުގެ މެޗެއް ކުޅޭއިރު، ގިނަ ބަޔަކަށް އެ މެޗު ބަލާލަން މަގުފަހި ކޮށްދިނުމަކީ އެއް މަގުސަދު ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

މޯލްޑިވިއަނުން ބެންކޮކަށް ތާވަލުކުރީ ދެ ފްލައިޓެކެވެ. އެއީ ޖުލައި 10 އަދި ޖުލައި 17 އެވެ. ރިޓާން ފެއާގެ ފެށޭ އަގަކީ މާލެ އިން ބެންކޮކަށް 430 ޑޮލަަރު، ބެންކޮކުން މާލެ އަށް 421 ޑޮލަރެވެ.

ޕްރިމިއާ ލީގުގެ ޕްރީ ސީޒަން ފްރެންޑްލީއެއްގެ ގޮތުގައި ކުޅޭ މެޗު ބެލުމަށް ގިނަ ދިވެހިންތަކެއް ދާނެ ކަމަށް މެޗު އިންތިޒާމުކުރާ ބެންކޮކްގެ ކުންފުނިން ބުނެފައި ވެ އެވެ.