30 މެއި 2019
އީދު ބަންދާ ދިމާކޮށް ބެންކޮކަށް ދާން ބޭނުންވާ މީހުންނަށް ހާއްސަ ދެ ފެއާއެއް ގައުމީ އެއާލައިން، މޯލްޑިވިއަނުން ތައާރަފުކޮށްފި އެވެ.
އީދު ބަންދާ ދިމާކޮށް ބެންކޮކަށް ދާން ބޭނުންވާ މީހުންނަށް ހާއްސަ ދެ ފެއާއެއް ގައުމީ އެއާލައިން، މޯލްޑިވިއަނުން ތައާރަފުކޮށްފި އެވެ.
މޯލްޑިވިިއަނުން ތައާރަފު ކުރި މި ފެއާތަކުގެ ތެރޭގައި ހިމެނެނީ 375 ޑޮލަރު (5،782 ރުފިޔާ)ގެ ފެއާއަކާއި 508 ޑޮލަރު (7،833 ރުފިޔާ)ގެ ފެއާއެކެވެ.
މޯލްޑިވިއަންގެ 375 ޑޮލަރުގެ ފެއާގައި ދަތުރު ކުރާ މީހުންނަށް 40 ކިލޯގެ މުދާ ހިލޭ އުފުލޭނެ އެވެ. މި ފެއާގެ ދަށުން ދަތުރު ކުރަން ބޭނުންވާ ބިދޭސީން އިތުރު 26 ޑޮލަރު (400 ރުފިޔާ) ދައްކަން ޖެހޭނެ އެވެ.
މި ފެއާ އާ ގުޅޭގޮތުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މޭނޭޖަރު މޫސާ ވަސީމް ވިދާޅުވީ އީދާ ދިމާކޮށް ގިނަ ދިވެހިން ބެންކޮކަށް ދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ވިޔަފާރި ކުރުމަށް އެ ގައުމަށް ދާ މީހުންނަށް މި ފެއާގެ ސަބަބުން ފަސޭހަ ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ އީދާ ދިމާކޮށް ވަރަށް ގިނަ މީހުން ބެންކޮކަށް ދާކަން. އަދި ވިޔަފާރި ކުރުމަށް ވެސް ވަރަށް ގިނަ މީހުން މި ދުވަސްކޮޅު ބެންކޮކަށް ދޭ. އެހެންކަމުން މި ފެއާގައި 40 ކިލޯ ލިބޭ އިރު ވިޔަފާރި ކުރާ މީހުންނަށް ވަރަށް ފަސޭހަ ވާނެ،" މޫސަ ވިދާޅުވި އެވެ.
މޯލްޑިވިއަނުން ހޮލިޑޭސް ޕެކޭޖުގެ ނަމުގައި ތައާރަފު ކޮށްފައިވާ 508 ޑޮލަރުގެ ފެއާގެ ދަށުން ބެންކޮކުގެ ދެކޮޅު ޓިކެޓުގެ އިތުރުން 4 ރޭ ބެޑް އެންޑް ބްރެކްފާސްޓް ލިބޭނެ އެވެ.
މި ދެ ފެއާގައި ދަތުރު ކުރަން ބޭނުންވާ މީހުން ބުކިން ހެއްދުމާއި ދަތުރުތައް ކުރިއަށްދާނީ 15 ޖުލައި ގެ ނިޔަލަށެވެ.
މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް ބެންކޮކަށް
އީދު ބަންދާއެކު، މޯލްޑިވިއަން އަށް ބާރު ބޮޑުވެއްޖެ!
އީދު ބަންދަށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ބާރު ބޮޑު
ބެންކޮކްގައި ތިބި ދިވެހިންނަށް އެހީ ފޮނުވައިދެނީ
މޯލްޑިވިއަނުން 50 މީހުންނަށް ހިލޭ ދެކޮޅު ޓިކެޓް
މޯލްޑިވިއަން އިން ގަމުން ހަތަރު ސިޓީއަކަށް
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން