Roadha Mihaaru
މޯލްޑިވިއަނުން 50 މީހުންނަށް ހިލޭ ދެކޮޅު ޓިކެޓް

މޯލްޑިވިއަންގެ އީދު ހަދިޔާއަކަށް 50 މީހުންނަށް ހިލޭ ދެކޮޅު ޓިކެޓް ދީފި

27 ޖޫން 2017

ފިތުރު އީދުގެ ހަދިޔާއަކަށް މޯލްޑިވިއަނުން 50 މީހަކަށް ހިލޭ ދެކޮޅު ޓިކެޓް ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފިތުރު އީދުގެ ހަދިޔާއަކަށް މޯލްޑިވިއަނުން 50 މީހަކަށް ހިލޭ ދެކޮޅު ޓިކެޓް ދީފި އެވެ.

މޯލްޑިވިއަނުން މިއަދު ބުނިގޮތުގައި ދެކޮޅު ޓިކެޓް ދިނީ އެތަނުން ދަތުރުކުރާ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ތެރެއިން އެ މީހަކު ބޭނުންވާ މަންޒިލަކަށް ދެވޭ ގޮތަށެވެ. އީދު ހަދިޔާ ލިބޭ މީހުން ހޮވީ ގުރުއަތުންނެވެ.

އެ ގުރުއަތު ނެގީ އީދު ދުވަހު މޯލްޑިވިއަނުން ދަތުރުކުރި ފަސިންޖަރުންގެ މެދުގައި ކަމަށް ވެސް އެތަނުން ބުންޏެވެ. އެ ޓިކެޓް ލިބުނު ފަސިންޖަރުންގެ ފޮޓޯ މޯލްޑިވިއަންގެ ފޭސްބުކްގައި ވަނީ އާއްމުކޮށްފަ އެވެ.

ހަފުތާއެއްގެ ބަންދު ލިބުނު މި އީދާ ދިމާކޮށް، އެކި ކުންފުނިތަކުން ވަނީ ބޮޑެތި ހަދިޔާތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އުރީދު އާއި ދިރާގު ހިމެނެ އެވެ.