Roadha Mihaaru
މޯލްޑިވިއަނަށް ފައިދާވާން ފެށީމަ ދަތުރުގެ އަގުހެޔޮވާނެ

އައިލެންޑް އޭވިއޭޝަނަށް ފައިދާވާން ފެށީމަ ދަތުރުގެ އަގުހެޔޮ ކުރެވިދާނެ: އަމީން

04 ޖެނުއަރީ 2024

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނަށް ފައިދާވާން ފެށުމުން އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ބަދަލު ގެނެވޭނެ ކަމަށް، ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނަށް ފައިދާވާން ފެށުމުން އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ބަދަލު ގެނެވޭނެ ކަމަށް، ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގައި އެ މިނިސްޓްރީން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، "މިހާރު"ން ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ އަގުތައް ވަރަށް ބޮޑު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ކުންފުނީގެ ވިޔަފާރި ދަށްވިޔަސް މުވައްޒަފުން ގިނަވުމުން، މޯލްޑިވިއަންގައި އިންބެލެންސެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މި ސަރުކާރުން ވަނީ އައިލެންޑް އޭވިއޭޝަން ރީސްޓްރަކްޗާ ކުރަން ފަށައި، އޮޕަރޭޝަންތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ. އޭގެ ތެރޭގައި ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުން ހިމެނެ އެވެ.

"ވައިޑް ބޮޑީ އޮޕަރޭޝަންސްތައް ހިމެނުނީމަ ވާ ގޮތަކީ އިންޓަނޭޝަނަލް އޮޕަރޭޝަންތައް އައީމަ ސީދާ އައިލެންޑު އޭވިއޭޝަނަށް ކުރާ ފައިދާގެ އިތުރުން އިކޮނޮމިކް ކޮންޓްރިބިއުޝަން މި ގައުމަށް އައިސްގެން ދާނެ. އައިލެންޑް އޭވިއޭޝަންގެ ކެޕޭސިޓީ އަށް ބަދަލު އައިސިއްޔާ، ބަދަލު އަންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ވަރަށް އެބައޮތް. އެއާ އެކީގައި، ވަކި ވަރަކަށް ގެންގޮސްފައި، އައިލެންޑް އޭވިއޭޝަންގައި މި ހުރި ޑޮމެސްޓިކް ފެއާއަށް ވެސް ބަދަލެއް ގެނެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެބޭފުޅުންނާ އެކު ވެސް އަޅުގަނޑު މަޝްވަރާކުރާނަން،" އަމީން ވިދާޅުވި އެވެ.

މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ ބޯޓެއް.--ފޮޓޯ: ފިޔާސް މޫސާ | މިހާރު

މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ ބޯޓެއް.--ފޮޓޯ: ފިޔާސް މޫސާ | މިހާރު

"މިހާރު މި ހުރި ފެއާއަކީ ހަމަ ބޮޑު އަދަދެއްކަން ގަބޫލުކުރަން."

އޭނާ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމު ވެސް ކުރިން ފުރުއްވި އަމީން ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރާ ހަމައަށް އައިލެންޑު އޭވިއޭޝަނަކީ ޓެކްސް ފައިސާގެ ބަދަލުގައި ފައިދާގައި ހިންގި ކުންފުންޏެއް ކަމަށެވެ. ނަމަވެސް، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މި ފަހުން އެކަން ބެލިއިރު، ފެނިވަޑައިގަތީ އެ ކުންފުނީގެ ވިޔަފާރި ވަރަށް ބޮޑު ތަން ދަށަށް ގޮސްފައި އޮތްތަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުންކުރާ ސީޕްލެން އަދި އެއާބަސް ދަތުރުތައް އޮތީ ހުއްޓިފައި." އަމީން ވިދާޅުވި އެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު، ބޭރުގެ ބަައެއް ގައުމަތަކަށް ދަތުރުކުރުމަށް ވުރެ ވެސް ބޮޑުކަމުން، ގިނަ ބައެއްގެ ފާޑުކިއުމާ އަބަދުވެސް ކުރިމަތިވެ އެވެ.

އެހެންވެ، ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރަމުން އަންނަ މޯލްޑިވިއަން އިން 2019 ވަނަ އަހަރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދުވެފައިވާ ގޮތަށް އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކޮށްފަ އެވެ. އޭރު ވަނީ ހުރިހާ މަންޒިލަކަށް ދަތުރުގެ އަގު 2،600ރ. އަށް ވުރެ ކުޑަކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އެކި ހިދުމަތްތަކުގެ އަގަށް އައި ބަދަލާ އެކު އަގު ވަނީ ބޮޑުވެފަ އެވެ.