17 ޑިސެމްބަރ 2023
ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކެބިނެޓްގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވި ކަރުދާސް ފާސްކޮށްފައިވާ އިރު، އެ ދެ ބޯޓު ގެނައުމުގެ ކަންކަން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެ ދެ ބޯޓު ގެންނާނީ ލީޒް ކޮށްގެން ކަމަށް އަމީން ވިދާޅުވި އެވެ.
"ކުރިއަށް އޮތް ހަ މަސް ތެރޭ ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ފެށިގެންދާނެ. މިހާރު އިނީޝަލީ ބަލާފައި ވަނީ ޗައިނާގެ ތިން ސިޓީއަކާއި ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީ އަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޔޫރަޕުގެ ދަތުރުތައް ކުރާނީ ކޮން ކޮން ސިޓީތަކަކަށްތޯ ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ވައިޑް-ބޮޑީ އެއާކްރާޓްތަކުން އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެ އެވެ. މީގެ ކުރިން ވެސް މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާ އަށް ދަތުރުކުރި އެވެ. ނަމަވެސް، އެ އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.
ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ރައީސް ޑރ. މުއިއްޒު ކުރިއަށް ގެންދަވާއިރު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ފޮރިން މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ.
މިވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ޓޫރިސްޓުން ގެންނަ މަންޒިލްތަކަށް ގައުމީ އެއާލައިނުން ސީދާ ދަތުރުތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
"ވައިޑް-ބޮޑީ އެއާކްރާފްޓުތަކުން މި އޮޕަރޭޝަންތައް ފެށުމަށް އިންވެސްޓް ކުރަން ޖެހޭ ފައިސާގެ އަދަދު ފިނޭންސަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލޭންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަން ނިންމައިފައި،" ޝަހީބު ވިދާޅުވި އެވެ.
ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތަކާ ބެހޭ އިންތިޒާމްތައް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސަން ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ
މޯލްޑިވިއަނަށް ފައިދާވާން ފެށީމަ ދަތުރުގެ އަގުހެޔޮވާނެ
ވައިޑް-ބޮޑީ އެއާކްރާފްޓުތަކެއްގެ އޮޕަރޭޝަނަށް ގެންނަނީ
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
މޯލްޑިވިއަނުން އަންނަ ޖެނުއަރީގައި ވައިޑް-ބޮޑީ ގެންނަނީ
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން
ސާފުބޯޑު އުފުލުމުގެ ފީ ރައީސް ވިދާޅުވިގޮތަށް ކުޑަކޮށްފި
ބަލި މީހުން އުފުލާ އުސޫލު މޯލްޑިވިއަންއިން ބަދަލުކޮށްފި
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ
މޯލްޑިވިއަން އިން އެތެރޭގެ ޓިކެޓް އަގުހެޔޮކޮށްފި