17 ޑިސެމްބަރ 2023
މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް، ރާއްޖެ އިން ބޭރަށް ސީދާ ފްލައިޓްތަކެއް ބާއްވަން ވައިޑް-ބޮޑީ އެއާކްރާފްތުތަކެއް ގެންނަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް، ރާއްޖެ އިން ބޭރަށް ސީދާ ފްލައިޓްތަކެއް ބާއްވަން ވައިޑް-ބޮޑީ އެއާކްރާފްތުތަކެއް ގެންނަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ކެބިނެޓް ބައްދަލުވުމަށް ފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ޓޫރިސްޓުން ގެންނަ މަންޒިލްތަކަށް ގައުމީ އެއާލައިނުން ސީދާ ދަތުރުތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކަން ފެށުމަށްޓަކައި އައިލެންޑް އޭވިއޭޝަނަށް ދެ އެއާކްރާފްޓް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވައިޑް-ބޮޑީ އެއާކްރާފްޓުތަކުން މި އޮޕަރޭޝަންތައް ފެށުމަށް އިންވެސްޓް ކުރަން ޖެހޭ ފައިސާގެ އަދަދު ފިނޭންސަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލޭންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަން ނިންމައިފައި،" ޝަހީބު ވިދާޅުވި އެވެ.
ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ރައީސް ޑރ. މުއިއްޒު ކުރިއަށް ގެންދަވަނީ.
ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތަކާ ބެހޭ އިންތިޒާމްތައް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސަން ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީބު ވިދާޅުވި ގޮތުގައި، އެންމެ އިސްކަމެއް ދޭނެ މަންޒިލެއް ގޮތުގައި ޗައިނާ ހަމަޖެއްސުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށްޓަކައި އެންމެ ކުޑަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމާއި ހޭންޑްލިން އާއި ނެވިގޭޝަން އަދި ޕާކިން އަށް އަގު ހެޔޮ ކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ހަމަޖެއްސުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.
"ހާއްސަ އިސްކަމެއް ދީގެން ހުށަހަޅުއްވާފައިވާ ޓައިމްލައިނާ އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމާއި މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
ބޮޑު އެއާކްރާފްޓުތައް ހަ މަސް ތެރޭ ގެންނާނަން: އަމީން
ވޫހާން ސިޓީ އަށް މޯލްޑިވިއަން އިން ދަތުރެއް ނުކުރޭ
މޯލްޑިވިއަން އިން ޗައިނާއަށް ދަތުރުތައް ފަށަން ތައްޔާރުވަނީ
ޗައިނާގެ ސަފީރު، ރައީސްއާ ވަދާއީ ސަލާންކުރައްވައިފި
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް
ރުފިޔާއިން ފައިސާ ދައްކަން ޗައިނާއާއެކު އެއްބަސްވުމެއް
ބްރިޖަކީ ދެ ގައުމުގެ އިތުބާރުގެ ރަމްޒެއް: ރައީސް
ދަތިތަކުން އަރައިގަތުމަށް ޝީ ދެއްވީ ޔަގީންްކަން!