06 ޖެނުއަރީ 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ނުވަތަ 2023 ވަނަ އަހަރު ނިމުނު އިރު، މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ދަރަނީގެ އަދަދަކީ ދެ ބިލިއަން ރުފިޔާ ކަމަށާއި އެކަމަކު، އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ނުވަތަ 2023 ވަނަ އަހަރު ނިމުނު އިރު، މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ދަރަނީގެ އަދަދަކީ ދެ ބިލިއަން ރުފިޔާ ކަމަށާއި އެކަމަކު، އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާގްޓް ގެނައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަވީރު ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވީ 2018 ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ ކަންކަން ހިންގާފައި ވަނީ ރަނގަޅަށް ކަމަށެވެ.
ނަމަވެސް އޭގެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަން ހިންގަން ނޭނގުމުގެ ސަބަބުން 2023 ވަނަ އަހަރު ނިމުނު އިރު، އެ ކުންފުނީގެ އެސެޓުތައް ރަނގަޅަށް ނުބެލެހެއްޓި, ހަރަދުތައް އިންތިހާއަށް އިތުރުވެ، ކުންފުނި ދެ ބިލިއަނަށް ވުރެ ބޮޑު އަދަދަކުން ދަރާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
"ދެހާސް ތޭވީސް ނިމުނު އިރު ކުންފުނި އޮތީ ދެ ބިލިއަނަށް ވުރެ ބޮޑު ދަރަނީގައި. މޯލްޑިވިއަން އިން މާލެ, ޗެންނާއި ޑާކާ ސެކްޓާ އޮތީ އެއްކޮށް ހުއްޓިފައި. ސީ ޕްލޭންގެ ގިނަ އެއްބަސްވުންތައް ވެސް އޮތީ ހުއްޓިފައި. ދެހާސް ތޭރައިގައި ފެށި ޗައިނާ އޮޕަރޭޝަންސް ވެސް އޮތީ ހުއްޓިފައި." މޯލްޑިވިއަންގެ އެންމެ ތަޖުރިބާކާރު އެއް ކެޕްޓަންގެ ގޮތުގައި ކުރިން އުޅުއްވި އަމީން ވިދާޅުވި އެވެ.
އެއާބަސް އޭ330 މަތިންދާބޯޓު ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަން އެއާލައިންގެ ބައެއް މުވައްޒަފުން ބައިވެރިވަނީ. އެ ބޯޓުން އެންމެ ފުރަތަމަ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ޗައިނާގެ ތިން މަންޒިލަކަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު
މިނިސްޓަރު އަމީން ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ އެސެޓުތައް ރަނގަޅަށް މެނޭޖު ނުކުރުމުގެ ސަބަބުން ޑޭޝް-8 ގެ ހަތަރު ބޯޓެއް ވެސް ބޭނުން ނުކުރެވޭ ހާލަތުގައި އޮތް ކަމަށެވެ.
އެ ކުންފުނީގެ ހާލަތު 2023 އަށް ފަހު އަޑި އަޅާލާފައި އޮތް ނަމަވެސް އެ ހާލަތުުން އަރައިގަނެވޭނެ ކަމަށާއި އެ މަސައްކަތް މި ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުންފުނީގެ އޮޕަރޭޝަންތައް ޑައިވާސިފައި ކުރުމަށް މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ކުންފުނި ހިންގުމުގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާ އެކު ނަތީޖާ ރަނގަޅުވެ، ރިކަވާ ކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވިއަން އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ކައިރީގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ބައެއް މިނިސްޓަރުންނާއި އައިލެންޑް އޭވިއޭޝަންގެ ބައެއް ވެރިން މިއަދު ހަވީރު މަޑުކޮށްލައްވައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވިގޮތުގައި މި ސަރުކާރުގެ ވިސްނުމަކީ ވިޔަފާރި ވަރުގަދަކޮށް ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް، ވައިޑް ބޮޑީގެ އޮޕަރެޝަންތައް ފުޅާކުރުމެވެ. އަމީން ވިދާޅުވީ، މިއަދު ގެނައި އާ މަތިންދާބޯޓާ އެކު، މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅުވެ، ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ހެޔޮ ބަދަލުތައް ފެންނާނެ ކަމަށެވެ.
"މި އެއާކްރާފްޓާ އެކު ބައިނަލްއަގުވާމީ މަންޒިލްތައް އިތުރުވެ, ޓޫރިސްޓުން އިތުރުވެ, ރިސޯޓް އޮކިއުޕެންސީ އާއި އެތެރޭގެ އުދުހުންތައް އިތުރުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 ބޯޓަކީ ދުރު ދަތުރުތައް ކުރުމަށް ހާއްސަކޮށް ގެނައި ބޯޓެކެވެ. މި ބޯޓުގެ ފުރަތަމަ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ޗައިނާ އަށެވެ. އެ ދަތުރުތައް މި މަހުގެ ފަހުކޮޅު ފަށާނެ އެވެ.
މޯލްޑިވިއަންގެ ބޮޑު ބޯޓު ދައްކާލަން އެއާ ޝޯއެއް
މޯލްޑިވިއަނަށް ފައިދާވާން ފެށީމަ ދަތުރުގެ އަގުހެޔޮވާނެ
ބޮޑު އެއާކްރާފްޓުތައް ހަ މަސް ތެރޭ ގެންނާނަން: އަމީން
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން
ކޫއްޑޫ އެއާޕޯޓް މަރާމާތުކޮށް ދަތުރުތައް އަވަހަށް ފަށާނެ
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ
ބަލި މީހުން އުފުލާ އުސޫލު މޯލްޑިވިއަންއިން ބަދަލުކޮށްފި
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ