08 ސެޕްޓެމްބަރ 2016
ބޮޑު އީދާ ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުުވެ، އީދުގެ ކުރިއަށް ޝެޑިއުލްކުރި މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ފުލްވެފައިވާ ކަމަށް މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.
ބޮޑު އީދާ ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުުވެ، އީދުގެ ކުރިއަށް ޝެޑިއުލްކުރި މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ފުލްވެފައިވާ ކަމަށް މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.
ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އީދާ ދިމާކޮށް ފްލައިޓް ދަތުރު ވަރަށް ބޮޑަށް އިތުރުކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް ވެސް އާންމު ޝެޑިއުލަށްވުރެ އިތުރަށް ފްލައިޓް ހަމަޖައްސާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓިކެޓް ބުކްކުރަން ފަށައިފި މީގެ މަހަކަށްވުރެ ގިނަ ދުވަސް ކުރިން. އޭރުން ފެށިގެން މަސައްކަތް ކުރީ މޯލްޑިވިއަނަށް ހިދުމަތް ދެވޭތޯ ބެލީ،" ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވި ގޮތުގައި މިފަހަރު ކުލަގަދަ ގޮތެއްގައި އީދު ފާހަގަކުރާތީ އެންމެ ބޮޑަށް ފްލައިޓް ދަތުރުތައް އިތުރުކުރީ ލ.އަތޮޅަށެވެ. އެގޮތުން އެ އަތޮޅަށް ޝެޑިއުލްގެ އިތުރުން 10 ފްލައިޓް ހަމަޖައްސާފައިވާ ކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ.
މީގެ އިތުރުން ތ.ތިމަރަފުއްޓާއި ޏ.ފުވައްމަލަކު ފިޔަވައި ލ.އަތޮޅާ އެކު އައްޑޫ، ބ.ދަރަވަންދޫ، ހދ.ހަނިމާދޫ، ގއ. އަދި ގދ.އަތޮޅަށް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.
"އައްޑޫ، ދަރަވަންދޫ، ހަނިމާދޫ އަށް މަދުވެގެން ފަހެއް އުޅޭނެ. އީދާ ދިމާކޮށް ފްލައިޓްތައް ތަންކޮޅެއް މަދުން ދަތުރުކުރާނީ އާބާދީ ކުޑަ ރަށްތަކަށް،" ނަޝާތު ވިދާޅުވި އެވެ.
"މި ދެތިން ދުވަހު ފްލައިޓަކުން ޖާގަ ނުލިބޭނެ. ހުރިހާ ފްލައިޓްތަކެއް ވަނީ ފުލްވެފައި،"
އީދު ބަންދާ ދިމާކޮށް ހާއްސަ ފެއާ އަގުތަކެއް މޯލްޑިވިއަނުން ކަނޑައެއް ނާޅަ އެވެ. ޓިކެޓުގެ އަގު ހުންނާނީ މިއަހަރު ފެށުނު އިރު އެ އެއާލައިނުން ކަނޑައާޅާފައިވާ އަގުތަކުގައި ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އީދު ބަންދާއެކު، މޯލްޑިވިއަން އަށް ބާރު ބޮޑުވެއްޖެ!
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
ދެ ގަޑިއިރު ކުރިއަށް ޗެކިންވުމަށް އެދިއްޖެ
ބޮޑު އީދަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ
މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް ބެންކޮކަށް
އީދު ބަންދަށް މޯލްޑިވިއަންގެ ފްލައިޓްތައް ފުލް!
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން