މ. މުލީގައި ހެދި އެއާޕޯޓަށް މި މަހުގެ 17 ގައި ދަތުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ.
09 މެއި 2025
މ. މުލީގައި ހެދި އެއާޕޯޓަށް މި މަހުގެ 17 ގައި ދަތުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ.
އައިލެންޑު އޭވިއޭޝަނުން ހިންގާ މޯލްޑިވިއަނުން އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން މުލި އެއާޕޯޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،377ރ. އެވެ. ކޮޅަކަށް ހޭދަވާނީ 35 މިނިޓެވެ.
މޯލްޑިވިއަނުން އަދި ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު މުލި އެއާޕޯޓަށް ދަތުރެއް ބާއްވާށެވެ. މާލެ އިން ފުރާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރު ފަހު 3:30 ގަ އެވެ. މުލިން މާލެ އަަންނަ ފްލައިޓް ފުރާނީ ހަވީރު 4:45 ގަ އެވެ.
މޯލްޑިވިއަނުން މިހާރު ވަނީ މ. އަތޮޅުގައި ރީޖަނަލް އެއާޕޯޓްސް އިން އޮޕަރޭޓްކުރާ އަދި މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓުގެ ދަތުރުތަކުގެ ބުކިން އަށް ހުޅުވާލައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އޮގަސްޓް 2021 ގައި ހަދަން ފެށި މުލި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި އެ ތަނަށް ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ މަހުގެ 25 ގަ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ކުރިން ބުނެފައިވާ ގޮތުގައި މުލި އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަން އާއި ވިލާ އަދި މަންތާ އެއާލައިނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މުލި އެއާޕޯޓު މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެ އެވެ. އެ މަޝްރޫއަށް 225 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް ކުރީގެ އެމްޑީ މިހާދު
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
އައިލެންޑް އޭވިއޭޝަނަށް 164 މިލިއަންގެ ގެއްލުން
ފީތައް ބޮޑުވުމުން މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުކޮށްފި
ސ. ގަމުން ކޫއްޑު އަށް ދަތުރުތައް ފަށަނީ
މާފަރު އެއާޕޯޓުގެ ފިއުލް ފާމް މި އަހަރު ނިމޭނެ
ހޯރަފުށި އެއާޕޯޓުގެ ދަތުރުތައް ކެންސަލްކޮށްފި
މަޑިވަރު އެއާޕޯޓް ހުޅުވައިފި، ޓިކެޓެއް 1،029ރ.