ޓެކްނިކަލް ރިކުއާމަންޓު ހަމަނުވާތީ، ކުރީގެ އިއުލާނު ބާތިލްކޮށް، އެއާބަސް އޭ330 މަރުކާގެ ބޯޓެއް ހޯދަން އައިލެންޑު އޭވިއޭޝަނުން އިއުލާނުކޮށްފި އެވެ.
13 އެޕްރީލް 2025
ޓެކްނިކަލް ރިކުއާމަންޓު ހަމަނުވާތީ، ކުރީގެ އިއުލާނު ބާތިލްކޮށް، އެއާބަސް އޭ330 މަރުކާގެ ބޯޓެއް ހޯދަން އައިލެންޑު އޭވިއޭޝަނުން އިއުލާނުކޮށްފި އެވެ.
އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވިއަން އެއާލައިނަށް ބޭނުންވާ ވައިޑް ބޮޑީގެ ދެވަނަ އެއާކްރާފްޓް ހޯދުމަށް އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ ފެބްރުއަރީ ހައެއްގަ އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިއަދު ވިދާޅުވީ، ބޯޓު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކުރީ، ކުރިން ލިބުނު ހުށަހެޅުންތައް، އެ ކުންފުނިން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ހަމަ ނުވާތީ ކަމަށެވެ. ބޯޓު ހޯދާއިރު، ޓެކްނިކަލް ރިކުއާމަންޓްގެ ގޮތުގައި މުހިއްމު ގިނަ ކަންތައްތަކަށް ބަލާނެ ކަމަށާއި އޭގައި އައިލެންޑް އޭވިއޭޝަނުން ކަނޑައަޅާފައިވާ ސްޓޭންޑާޑްތަކެއް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެކްނިކަލް ރިކުއާމަންްޓްގެ ގޮތުގައި ބޯޓުގެ އުމުރާއި ބޯޓު ބޭނުންކުރި މުއްދަތު ވެސް ބަލާނެ އެވެ. އަދި އިންޖީނާ ގުޅޭ މުހިއްމު ގިނަ ކަންކަން ޗެކް ކުރާނެ އެވެ.
އިޔާސް ވިދާޅުވީ، ފުރަތަމަ ބުރުގައި ވެސް ގިނަ ޕާޓީތަކުން އޭ330 ބޯޓު ގެނެސްދޭން ޕްރޮޕޯޒަލް ހުށަހެޅި ކަމަށެވެ.
ގެޒެޓުގައި ކޮށްފައިވާ އައިލެންޑް އޭވިއޭޝަންގެ އިއުލާނުގައިވާ ގޮތުން ފަސް އަހަރުގެ މުއްދަތަށް އޭ330 މަތިންދާ ބޯޓެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅާން ޖެހޭނެ އެވެ. މޯލްޑިވިއަން އިން ބޭނުންވާ އެ ބޯޓު މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ރާއްޖެއަށް ގެންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެބޯޓުން އަންނަނީ ޗައިނާގެ ތިން މަންޒިލަކަށް މިހާރު ދަތުރު ކުރަމުންނެވެ. އެއާބަސް އޭ330 ދެވަނަ ބޯޓާ އެކު ޔޫރަޕަށް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން އިން މީގެ ކުރިން ބުނެފައިވެ އެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ330 ބޯޓާއި އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ހަތަރު ބޯޓާއި ސީ ޕްލޭންގެ 11 އޭޓީއާރްގެ ހަތަރު ބޯޓާއި ޑޭޝް ޓުވިން އޮޓާގެ 11 ބޯޓެވެ.
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
އެމްޑީޕީން 5.6މިލިއަން ނުދީގެން މޯލްޑިވިއަނުން ކޯޓަށް
މޯލްޑިވިއަން އިން ކޮލަމްބޯއަށް ދަތުރުތައް ފަށަނީ
މޯލްޑިވިއަންގެ ބޯޓެއް ގްރައުންޑްކުރި ވާހަކަ ދޮގުކޮށްފި
އައިއޭއެސް މި ދަނީ ކޮން ދިމާލަކަށް؟ ޖަވާބެއް ބޭނުން!
މޯލްޑިވިއަން އިން ޑިޒްނީލޭންޑަށް ދަތުރެއް ދެނީ
އިކޮނޮމީ ސީޓު ގަންނަން ދައްޗެއް ނުވާނެ: މޯލްޑިވިއަން